ads
ބަޖްރަންގީ ބާއިޖާން
ބަޖްރަންދީ ބާއިޖާން 2 އަންނަނީ؟
2015 ވަނަ އަހަރު މަޝްހޫރުވެގެންދިޔަ ފިލްމް ބަޖްރަންގީ ބާއިޖާންގެ ދެވަނަ ބައެއް ނިކުންނަން އުޅޭކަމަށް ބޭރުގެ ބައެއް މީޑިޔާ ތަކުން ރިޕޯޓް ކޮށްފިއެވެ.

ފިލްމް ބަޖްރަންގީ ބާއިޖާން އަކީ އިންޑިޔާގެ މަޝްހޫރު ޑައިރެކްޓަރް ކަބީރް ހާން ޑައިރެކްޓް ކޮއްފައިވާ ފިލްމެކެވެ. މި ފިލްމުގެ ލީޑް ރޯލުން ފެނިގެން ގޮސްފައިވަނީ ސަލްމާން ހާން، ކަރީނާ ކަޕޫރް، ނަވާޒުއްދީން ސިއްދީގް އަދި ހަރްޝާލި މަނޯތްރާ އެވެ. މި ފިލްމުގައި ސަލްމާން ހާން ގެ ކަރެކްޓާއަކީ ޕަަވަން ކުމާރް ޗަތުރްވެދީ އެވެ. މި ކަރެކްޓާ އަކީ ވަރަށް ގިނަބަޔަކަށް ކަމުދިޔަ ކަރެކްޓާއެކެވެ. މީގެ އިތުރުން މި ފިލްމުގައި ހަރްޝާލީ މަނޯތްރާގެ ރޯލަކީވެސް ފޭނުންނަށް ވަރަށް ކަމުގޮސްފައިވާ ރޯލެކެވެ. ހަރްޝާލީ ކުޅެފައިވަނީ 6 އަހަރުގެ މަންމަނު ކުއްޖެއްގެ ރޯލްއެވެ.

ފިލްމް ލިޔެފައިވާ ކޭ.ވީ ވިޖަޔަންދުރަ ޕްރަސާދުވަނީ ފިލްމްގެ ތަރި ސަލްމާން ހާން ކައިރީގައި ފިލްމުގެ ދެވަނަބައެއް ނެރުމުގެ ހިޔާލުގެންގުޅޭ ކަމަށް ބުނެފައެވެ. އަދި މިހިޔާލަކީ ސަލްމާން އަަށް ވަރަށް ކަމުދިޔަ ހިޔާލެކެވެ. ނަމަވެސް މި ފިލްމުގެ ލީޑް ރޯލުން ފެނިފައިވާ ތަރިން ފިލްމްގެ ދެވަނަބައިން ފެނިގެންދާނެކަމެށް އަދި ނޭނގެއެވެ.

ލީޑް ރޯލުފެނިގެން ގޮސްފައިވާ ސަލްމާން މިހާރު އަންނަނީ ފިލްމް ޓައިގާ 3 ގެ ޝުޓިން ކުރިއަށް ގެންދަމުންނެވެ. މި ފިލްމުގައި ސަލްމާން އާއި އެކު ދެންފެނިންގެން ދާނީ ކެޓްރީނާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް