ads
އޭއެފްސީ ކަޕުގައި މާޒިޔާ
އޭއެފްސީ ކަޕު ހޯސްޓް ކުރުމުގެ ފުރުސަތު އަނެއްކާވެސް ރާއްޖެއަށް
މި އަހަރުގެ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގެ މެޗުތައް މާލޭގައި ހޯސްޓް ކުރުމުގެ ފުރުސަތު އަނެއްކާވެސް ރާއްޖެއަށް އޭއެފްސީން ދީފިއެވެ. އޭއެފްސީން އެކަން އިއުލާން ކުރީ މިއަދުއެވެ.

އޭއެފްސީ ކަޕުގެ މެޗުތައް މާލޭގައި މިދިޔަ މެއި މަހު ބޭއްވުމަށް ނިންމައި، ޕްލޭ އޮފަށް ބެންގަލޫރު އެފްސީގެ ޓީމު މާލެ އައިވެސް ފަހުން އޭއެފްސީންވަނީ އެ ފަހަރުގެ މެޗުތައް ކެންސަލްކޮށްފައެވެ. މެޗުތައް ކެންސަލް ކުރުމަށް ފަހު އަނެއްކާވެސް ރާއްޖޭގައި މެޗުތައް ކުޅެން ނިންމައި އެކަން މިއަދު އިއުލާން ކުރިއިރު މެޗުތައް އޮންނާނެ ކަމަށް އޭއެފްސީން ބުނީ އަންނަ މަހުގެ ފަހުކޮޅުއެވެ. އަންނަ މަހުގެ އަށާރައިން ފެށިގެން ސައުވީހަށް މެޗުތައް އޮންނަ އިރު، އޭގެ ކުރިން ޕްލޭ އޮފް މެޗެއްވެސް މާލޭގައި އޮންނާނެއެވެ. ޕްލޭ އޮފް މެޗު އޮންނާނީ އަންނަ މަހުގެ ފަނަރަވަނަ ދުވަހުއެވެ.

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާ ގްރޫޕުގައި ހިމެނެނީ މާޒިޔާއާ ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝަންދުރާ ކިންގްސްއާ އިންޑިޔާގެ ޗެމްޕިއަން އޭޓީކޭ މޯހަން ބަގާން އަދި ޕްލޭ އޮފުން ކޮލިފައިވާ ޓީމެކެވެ. ޕްލޭ އޮފްގައި ވާދަކުރާނީ ރާއްޖޭގެ އީގަލްސްއާ އިންޑިޔާގެ ބެންގަލޫރު އެފްސީއެވެ.

އޭއެފްސީ ކަޕުގެ މެޗުތައް މާލޭގައި ކުޅެން ނިންމިކަން އޭއެފްސީން އިއުލާން ކުރިއިރު، މާލެ ސަރަހައްދުގައި ކުޅިވަރު މުބާރާތްތައް ކުރިއަށް ގެންދިޔުމުގެ ހުއްދައެއް އެޗްޕީއޭއަކުން އަދި ނުދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް