ads
ބަންގުލަދޭޝްގެ ބާޒާރު މަތި
އީދު ދުވަހާ ދިމާކޮށް ބަންގުލަދޭޝުން ލޮކްޑައުން އުވާލައިފި
އީދު ދުވަހާ ދިމާކޮށް ބަންގުލަދޭޝުން ލޮކްޑައުން އުވާލައިފިއެވެ.

ބަންގުލަދޭޝްގެ ސަރުކާރު އިއުލާނުކޮށްފައިވާ ގޮތުގައި 1 ޖުލައިގައި އިއުލާނުކޮށްފައި އޮތް ލޮކްޑައުން 15 ޖުލައި އިން ފެށިގެން 23 ވަނަ ދުވަހާއި ހަމައަށް އުވާލާފައިވާކަމުގައެވެ. މި ދުވަސްތަކަށް ލޮކްޑައުން އުވާލި އެންމެ ބޮޑު އެއްސަބަބަކީ އީދު ޗުއްޓީއަކީ ބަންގުލަދޭޝްގެ ވިޔަފާރިތަކަށް އެންމެ ރަނގަޅު ފައިދާއެއް ލިބޭ ދުވަސްކޮޅަކަށް ވާތީ ކަމަށް ގަބޫލު ކުރެވެއެވެ. 

ބަންގުލަދޭޝްގެ ސަރުކާރުން ބުނެފައިވަނީ ލޮކްޑައުން އުވާލި ކަމުގަިއ ވިޔަސް ހުރިހާ ރައްޔިތުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުއަޅައިގެން ކުރާކަމެއް ކުރުމަށެވެ. އެގޮތުން ބޭރަށް ނިކުންނަ އިރު ފޭސް މާސްކު އަޅާ ސެނެޓައިޒާ ހިފައިގެން އުޅުމަށް ސަރުކާރުންވަނީ އާންމުންނައް އިލްތިމާސްކޮށްފައެވެ.

ގިނަ ބަޔަކު ބުނާ ގޮތުން މިކަން ކުރުމުގެ ސަބަބުން ބަންގުލަދޭޝްގައި ކޮވިޑް ފެތުރުމުގެ ފުރުސަތު ވަރަށް ބޮޑަށް ލިބިގެންދާނެއެވެ. އަލްޖަޒީރާއިން ބުނާ ގޮތުގައި މިކަމާއި ބެހޭ ގޮތުން ބަނގުލަދޭޝްގެ ސަރުކާރުގެ ބަހެއް ލިބިފައިނުވެއެވެ.

  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް