ads
އެމްޓީސީސީ
އެމްޓީސީސީއަށް ދެވަނަ ކުއާޓާގައި 423 މިލިޔަން ރުފިޔާ ލިބިއްޖެ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އަށް ދެވަނަ ކުއާޓާގައި 423 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްެޖެކަމަށް ހިސާބުތަކުން ދައްކައިފި އެވެ.

އެމްޓީސީސީގެ ދެވަނަ ކުއާާޓާލީ ރޕޯޓް ދައްކާ ގޮތުގައި، އެ ކުއާޓާރުގައި އެކުންފުންޏަށް އާމްދަނީއަށް ލިބުނު 423 މިލިޔަން ރުފިޔާއިން ހިންގުމުގެ ހަރަދުތަކާއި ޓެކްސް ކެނޑުމަށް ފަހު 63 މިލިޔަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި ލިބުނެވެ. މިއީ ފުރަތަމަ ކުއާޓަރުގައި ލިބުނު ފައިދާއަށްވުރެ 1.36 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިއީ ވޭތުވެދިޔަ ތިން އަހަރުގެ ދެވަނަ ކުއާޓާގައި ލިބުނު ފައިދާއަށް ވުރެވެސް ބޮޑު ފައިދާއެކެވެ. އަދި ހިއްސާއަށް ލިބުނު އާމްދަނީ އަދި ކޭޝް ފޮލޯވެސް ވަނީ އިތުރުވެފައެވެ.

އެމްޓީސީސީ އިން މިހާރު ކުރަމުންދާ މަސައްކަތްތަކަށް ބަލާއިރު ޖުމްލަ 86 ޕްރޮޖެކްޓެއް ވަނީ ހިންގާފައެވެ. މީގެތެރެެއިން ދެ ޕޮރޮޖެކްޓެއްގެ މަސައްކަތް ވަނީ ނިންމާލާފައެވެ. އަދި މުޅިން އަލަށް ނުވަ ޕްރޮޖެކްޓްކާ ހަވާލުވީއިރު، ދެވަނަ ކުއާޓާގެ ތެރޭގައި 10 ޕްރޮޖެކްޓެއްގެ އަމަލީ މަސައްކަތް ވަނީ ފަށާފައެވެ.

މިދިޔަ ކުއާޓާގެ ތެރޭގައި އެ ކުންފުނިން ގދ. ތިނަދޫ ރީޖަނަލް ޕޯޓުގެ މަސައްކަތް ނިންމާލާފައިވާއިރު، އައްޑޫ ސިޓީ މީދޫގެ ހާބަރުގެ މަސައަކަތްވެސް ވަނީ ނިންމާލާފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް