ads
އިންޑިއަން ހައިކޮމިޝަން
ހުރިހާ ހަރަދެއް އިންޑިއާ ސަރުކާރުން ދޭ ސްކޮލަޝިޕަށް 10 ދަރިވަރަކު ކުރިމަތިލައިފި
ހުރިހާ ހަރަދެއް އިންޑިއާ ސަރުކާރުންދޭ، އިންޑިއަން ކައުންސިލް ފޯ ކަލްޗުރަލް ރިލޭޝަންސް (އައިސީސީއާރް) ގެ ސްކޮލަޝިޕް ސްކީމްގެ، ސްކޮލަޝިޕަށް 10 ދަރިވަރަކު ކުރިމަތިލައިފިއެވެ.

ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ  މިސްކޮލަޝިޕްތަކަށް ކުރިމަތިލި ދަރިވަރުންގެ އެޕްލިކޭޝަންތައް ޕްރޮސެސް ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

މި ސްކޮލަޝިޕްގެ ފުރުސަތު ކޮންމެ އަހަރަކު 39 ދިވެހި ދަރިވަރަކަށް ލިބެއެވެ. މިފަހަރުގެ ފުރުސަތުގައި އަލަށް ކިޔެވުން ފަށާ ދިވެހި ދެ ދަރިވަރެއް ކަމަށްވާ އަބޫބަކުރު ލުތުފީ އާއި އަލާއު އަދުނާނާ، ރާއްޖޭގައި ހުންނަވާ އިންޑިއާ ހައި ކޮމިޝަނަރު ސަންދޭ ސުދީރް ވަނީ ބައްދަލުކުރައްވައި ސްކޮލަޝިޕް ހަވާލުކުރައްވައިފަ އެވެ.

މި ސްކޮލަޝިޕްގެ ކަންކަން ބަލަހައްޓައި، އިންތިޒާމުތައް ހަމަޖައްސައިދެނީ މާލޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުންނެވެ. އެ ސެންޓަރުން މި މަސައްކަތް ކުރީ ހަޔަ އެޑިއުކޭޝަން މިނިސްޓްރީއާ ވެސް ގުޅިގެންނެވެ.

މި ފުރުސަތުގެ ދަށުން، އިންޑިއާގެ މަޝްހޫރު ޔުނިވާސިޓީތަކުން އަންޑަ ގްރެޖުއޭޓް، ޕޯސްޓް ގްރެޖުއޭޓް، މާސްޓާސް އޮފް ފިލޯސޮފީ އަދި ޕީއެޗްޑީ ކޯސްތަކަށް ކުރިމަތިލާން ވަނީ ހުޅުވާލައިފައެވެ.

މިދިޔަ އަހަރު ވެސް މި ސްކޮލަޝިޕްގެ ދަށުން ބައެއް ދަރިވަރުން ކިޔަވަން ފޮނުވާފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް