ފޮޓޯ:އިންސްޓަގްރާމް
ޓިކްޓޮކްގައި ރޮއިފަ ހުންނާނީ ލޮލުގައި ބާމު ލައިގެން: ޝިފާ
Share
ޓިކްޓޮކްގެ ތެރެއިން އެންމެ ކުޑައިރު އެންމެ ކުރާހިތްވި "އެކްޓިން"ގެ ތެރެއަށްވެސް ވަދެވި، ރާއްޖޭގެ ފިލްމީ ބޮޑެތި ޑައިރެކްޓަރުންގެ ކަޅިތައްވެސް އަމާޒުވި ޅ. ނައިފަރަށް އުފަން މަރިޔަމް ޝިފާ ވަނީ "އަވަސް"އަށް ދިން އިންޓަވިއުއެއްގައި ފިލްމީ ދާއިރާގެ ތަޖުރިބާ ތަކާއި މަސައްކަތްތައް ދާގޮތުގެ ވާހަކަތައް ވެސް ހިއްސާކޮށްފައެވެ.
Advertisement

ޝިފާ ބުނީ އޭނާގެ ފުރަތަމަ ފިލްމަކީ ދެވަން ސޫރަކަމަށާއި، އެހެންނަމަވެސް އެކަން ކުރުމަށް އެއްވެސް ވަރަކަށް އުނދަގޫ ނޫން ކަމަށެވެ. ފުރަތަމަ ފަހަރު ފިލްމްގެ ޝޫޓިންއަށް ގޮސްފަވެސް އެއީ އަލަށް ކުރާ ކަމެކޭ ހިތައް ނާރާކަމަށް ޝިފާ ބުނެއެވެ. 

ޝިފާ ބުނީ އެންމެ އުނދަގުލީ ރޯން މަންޒަރު ކުޅެން ކަމަށެވެ. އެހެންނަމަވެސް ޝިފާގެ ޓިކްޓޮކްތަކުން އެންމެ ގިނައިން ފެންނަ މަންޒަރަކީ ރޯ މަންޒަރެވެ. ޝިފާ ބުނީ ޓިކްޓޮކްތަކުގައިވެސް ރޮއިފާ ހުންނާނީ ލޮލުގައި ބާމު ލައިގެން ކަމަށެވެ. 

"ރޯމަންޒަރު، އެއީ އެންމެ އުނދަގޫ ކަންތައް ޝިފާއަށް، ޓިކްޓޮކްގަ ވެސް ހުންނާނީ ލޮލުގަ ބާމުލައިގެން ރޮއެފަ" ޝިފާ ބުންޏެވެ.

އަދި ފިލްމުގައިވެސް ޖެހޭނީ ހަމަ އެހެން ހަދަންކަމަށާއި، ދެރަވެފައި އިންދުވަހަކު ނޫނީ ހަަމަ ނުރޮވޭނެ ކަމަށް ޝިފާ ބުނެއެވެ. 

91.9 ހާހަށްވުރެ ގިނަ ފޮލޯވަރުންތިބޭ ޝިފާގެ ޓިކްޓޮކްގެ ތެރެއިން ގިނަ ވީޑިއޯތަކަކީ ކޮންމެވެސް ހިތާމަވެރި ނުވަތަ ރޯމަންޒަރެއް ފެންނަ ވީޑިއޯއެކެވެ. އެހެންނަމަވެސް މިފަހުން އަލުން ޝިފާ ބުރުގާ އަޅާ ކުރީގެ ޓިކްޓޮކްތައް ޑިލީޓްކޮށްލާފައިވާތީ، މިހާރު ފެންނަނީ އަށް ވީޑިއޯއެެވެ. އޭގެތެރެއިން ދެ ވީޑިއޯއަކީވެސް ރޯ މަންޒަރު ފެންނަ ވީޑިއޯއެެކެވެ.

ޝިފާ ދިވެހިންގެ ތެރޭގައި މަޝްހޫރު ވެގެންދިޔައީ ޓިކްޓޮކްއިން ނަމަވެސް ޝިފާ އިންޓަވިއުގައި ބުނީ އޭނާ ޓިކްޓޮކް އެހާ ސީރިއަސްކޮށް ނުނަގާ ކަމަށެވެ.


ޝިފާ ބުނީ އޭނާގެ ފިލްމީ ކެރިއަރުގެ ފުރަތަމަ ކޮޅު އެންމެ ފުރަތަމަ ޖެހުނު މައްސަލައަކީ ޝޫޓަށް ލަސްވުން ކަމަށެވެ. އެހެންނަމަވެސް އެންމެންވެސް ވަރަށް ނަސޭހަތް ދިން ކަމަށާއި، ކުރިއަށް ދާން ބޭނުންނަމަ އެހެން ނަހަދަން ރުޅިނައިސް އެއްޗެހިވެސް ނުކިޔާ ނަސޭހަތް ދޭ ކަމަށް ޝިފާ ބުނެއެވެ.

10%
ކަމުގޮސްފި
10%
އަޑުއެހިތާ މިހުރީ
30%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް