ads
ފްރާންސްގެ ރައީސް އެމެނުއެލް މެކްރޮން
ޕެގޭސަސް ބޭނުންކޮށްގެން ފްރާންސްގެ ރައީސް އަދި މިނިސްޓަރުންގެ ފޯންތައް ހެކްކޮށްފި
ޕެގޭސަސް ބޭނުންކޮށްގެން ފްރާންސްގެ ރައީސް އެމެނުއެލް މެކްރޮން އަދި މިނިސްޓަރުންގެ ފޯންތައް ހެކްކޮށްފައިވާކަމަށް ފްރާންސްގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

ސަތާރަ މީޑިއާ އޯގަނައިޒޭޝަނެއް ގުޅިގެން ހިންގި ތަހުގީގެއްގައި އިޒްރޭލުގެ އެންއެސްއޯ ގްރޫޕުން އުފައްދާފައިވާ ޕެގޭސަސް ސޮފްޓްވެއާ ބޭނުންކޮށްގެން އެތައް ބަޔެއްގެ ފޯނު ހެކްކޮށްގެން މައުލޫމާތު ވަގަށް ނަފާފައިވާކަން އެނގިފައިވެއެވެ. ޕެރިސްގެ ނޮން-ޕްރޮފިޓް މީޑިއާ އޯގަނައިޒޭޝަނެއް ކަމަށްވާ ފޮބިޑެން ސްޓޯރީސް އާއި އެމްނެސްޓީ އިންޓަނޭޝަނަލް އާއި ގުޅިގެން މީޑިއާތަކުން ކުރިއަށް  "ޕެގޭސަސް ޕްރޮޖެކްޓް"ގެ ނަމުން ކުރިއަށް ގެންދިޔަ ތަހުގީގަށް ފަހު އެންއެސްއޯގެ ސްޕައިވެއާ ބޭނުންކޮށްގެން 2016 ވަނަ އަހަރުން ފެށިގެން އަމާޒަކަށް ހަދާފައިވާ 50،000 ފޯން ނަމްބަރު ފާހަގަކޮށްފައިވެއެވެ.

ފްރާންސްގް މީޑިއާތަކުން ރިޕޯޓްކުރާ ގޮތަުގައި ފްރާންސްގެ ކުރީގެ ބޮޑު ވަޒީރު އެޑްވާޑް ފިލިއްޕީ އަދި ބައެއް މިނިސްޓަރުންގެ އިތުރުން ފްރާންސްގެ މިހާރު ރައީސް މެކްރޯންގެ ފޯން ވެސް ޕެގޭސަސް ސްޕައިވެއާ ބޭނުންކޮށްގެން ހެކްކޮށްފައި ވެއެވެ.

ފްރާންސްގެ ނޫހެއް ކަމަށްވާ ފްރެންޗު ޑެއިލީ ލެ މޮންޑޭ އިން ރިޕޯޓްކުރާ ގޮތުގައި ޕެގޭސަސް ސްޕައިވެއާ ބޭނުންކޮށްގެން ފްރާންސްގެ ރައީސަށް ޖާސޫސްކޮށްފައިވަނީ މޮރޮއްކޯ އިންނެވެ.

ޕެގޭސަސް ޕްރޮޖެކްޓްގެ ތަހުގީގުން ވަނީ އިޒްރޭލުގެ އެންއެސްއޯ ކުންފުނިން ގައުމުތަކަށް ވިއްކާ އެ ސްޕައިވެއާގެ ބޭނުން ސަރުކާރުތަކުން ނަހަމަ ގޮތުގައި ހިފާކަން ވަނީ ފާހަގަވެގެން ގޮސްފައެވެ. 

ނަމަވެސް އެންއެސްއޯއިން ވަނީ އެ ހެކިން ސްޕައިވެއާ އަކީ ކުށްކުރާ މީހުންނާއި ޓެރަރިސްޓުންނާ ދެކޮޅަށް ބޭނުންކުރަން ވިއްކާ ސޮފްޓްވެއާއެއް ކަމަށް ބުނެފައެވެ. 

ޕެގޭސަސް މަލްވެއާ އިން އައިފޯން އަދި އެންޑްރޮއިޑް ފޯންތައް އިންފެކްޓް ކުރާއިރު ހެކަރުންނަށް ފޯނުގައި ހުންނަ ޓެކްސްޓް މެސެޖުތަކާއި ފޮޓޯ އަދި އީމެއިލް ނަގައި، ކޯލްތައް ރިކޯޑް ކުރެވި އަދި ނޭނގޭ ގޮތަށް ފޯނުގެ މައިކްރޮފޯން އެކްޓިވޭޓް ކުރެވެއެވެ.

ލިސްޓުގައި އެތައް ހާސް ފޯން ނަމްބަރު ހުރި ނަމަވެސް އެ ލީކްވި ޑޭޓާގައި އެމީހުންގެ މައުލޫމާތެއް ނަގާފައިވާ ކަމެއް އަދި ހެކްކުރަން އުޅުނު ކަމެއް ވެސް އެނގިފައެއް ނުވެއެވެ. ނަމަވެސް ތަހުގީގު ޓީމުން ގަބޫލްކުރާ ގޮތުގައި ލިސްޓުގައި ހިމެނޭ ނަމްބަރުތަކަކީ ކޮންމެވެސް ބައެއްގެ އަމާޒެއް ކަމަށް ބެލެވެއެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް