ads
ނަޝީދަށް ހަމަލާ ދިނުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވުނު ތިން މީހުން
ޓެރަރިސްޓު ހަމަލާގެ 4 މީހެއްގެ ތަހުގީގު ނިންމައި ޕީޖީއަށް ފޮނުވައިފި
ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް އަމާޒުކޮށް މެއި ހަ ވަނަ ދުވަހު ދިން ޓެރަރިސްޓު ހަމަލާގައި ހައްޔަރުކުރި ހަތަރު މީހުންގެ ތަހުގީގު ނިންމައި، ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވީ މެއި ހައެއް ގައި ދިން ހަމަލާގައި ތުހުމަތު ކުރެވޭ ހަތަރު މީހުންގެ ތަހުގީގު ނިންމައި މިއަދު ފުލުހުން ޕީޖީއަށް ފޮނުވާފައިވާ ކަމަށެވެ. ޝަމީމް ވިިދާޅުވީ ކުރިއަށް އޮތް 15 ދުވަސްތެރޭގައި ދައުވާކުރަން ފޮނުވި މީހުންނާމެދު ޕީޖީން ގޮތެއް ނިންމަން ޖެހޭނެ ކަމަށެވެ.

މައްސަލައިގެ ތަފްސީލް ހާމަކުރުމަށް މި މަހުގެ 24 ވަނަ ދުވަހު ފުލުހުންނާއި ޕީޖީން ނޫސްވެރިންގެ ބައްދަލުމެއް ބާއްވާނެ ކަމަށް ވެސް ޕީޖީ ޝަމީމް ވިދާޅުވިއެވެ.

އެ ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ބޮން ގޮއްވާލަން ރިމޯޓަށް ފިއްތި އަދުހަމް އަހުމަދު ރަޝީދު (26) ހިޔާ، ވ. ތިނަދޫ ހިމެނެއެވެ. އޭގެ އިތުރުންވެސް އެ ހަމަލާއާ ގުޅިގެން ދެން ހައްޔަރުކުރި މީހުންނަކީ މުޖާޒު އަހުމަދު (21) މއ. ފޭރުގެ، ތަހުމީން އަހުމަދު (32) ގއ. ކޮނޑޭ، ފޮޅޭމާ، އަހްމަދު ފާތިހު (23) ލ. ގަން، ދުންފިނިއުފާއެވެ. ހަމަލާއާ ގުޅިގެން އިތުރު މީހެއް ހައްޔަރުކުރިކަމެއް އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މޭ ހަވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަކީ އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުން ނިކުމެގެން ހިންގަވާފައި ކާރުކޮޅަށް އަރުއްވަން ވަޑައިގަންނަވަނިކޮށް ދިން ހަމަލާއެކެވެ. ހަމަލާދޭން ބޭނުންކުރި އައިޑީ ހަރުކޮށްފައިހުރީ ރައީސް ނަޝީދުގެ ގެކޮޅު ހުންނަ ނީލޯފަރު ހިނގުމުގައި ޕާކޮށްފައި ހުރި ސައިކަލެއްގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް