އެއާ އިންޑިޔާގެ ފްލައިޓެއް މާލޭގައި
އެއާ އިންޑިއާއިން މާލެ އާއި މުމްބާއީ އާ ދެމެދު ސީދާ ދަތުރު ފަށަނީ
Share
މާލެ އާއި މުމްބާއީ އާ ދެމެދު ސީދާ ދަތުރުތައް ފަށަން ހަމަޖެހިފައިވާ ކަމަށް އެއާ އިންޑިއާއިން ހާމަކޮށްފިއެވެ.
Advertisement

އިންޑިއާގެ ގައުމީ އެއާލައިނުން ހާމަކޮށްފައިވާ ގޮތުގައި މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން ކޮންމެ ހަފްތާއެއްގެ ބުދަ އަދި ހޮނިހިރު ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް މުމްބާއީ އިން ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮވިޑް-19 ފެތުރުން އިތުރުވެ ރާއްޖޭގެ ބޯޑަރުތައް ދެކުނު އޭޝިއާގެ ފަތުރުވެރިންނަށް ބަންދުކުރަން ޖެހުމާއެކު އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން ދަށްވެގެން ދިޔައެވެ.

އިންޑިއާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއް ގައުމު ކަމަށްވާއިރު މުމްބާއީ ފަދަ ބޮޑު ސިޓީއަކާ މާލެއާ ދެމެދު ދަތުރުތައް ފެށުން ވެގެންދާނީ އަލުން އަނބުރާ އިންޑިއާ މާކެޓް އިޔާދަވާން ލިބޭނެ ފުރުސަތަކަށެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް
ގުޅުންހުރި ލިޔުންތައް