ads
ސަލްމާން ހާން
ސަލްމާނުގެ އަނތްބަކާއި 17 އަހަރުގެ ދަރިއެއް ދުބާއީގައި؟
ބޮލީވުޑްގައި ގިނަ ބައެއްގެ އިހުތިރާމާއި ލޯބި ލިބިފައިވާ ސަލްމާން ހާންގެ އަނތްބަކާއި 17 އަހަރުގެ އަންހެން ދަރިއަކު ދުބާއިގައި ހުރިކަމަށް އިންޑިއާގައި ހަބަރު ފެތުރިއްޖެއެވެ.

އަރްބާޒް ހާންގެ ޓީވީޝޯގައި ކުރިއަށްގެންދިޔަ ސެގްމެންޓެއްގައި ސަލްމާން އާއި އަރްބާޒް ވަނީ މީޑިއާގައި ދެމީހުންނަށް އަމާޒުވާ ސުވާލުތައް ކިޔާފައެވެ.

މިގޮތަށް ސުވާލުތަކާއި ކޮމެންޓުތައް ކިޔަމުން ދިޔަ ވަގުތުގައި ސަލްމާނަށް އަމާޒުވި ކޮމެންޓެއްގައި ސަލްމާނުގެ އަނތްބެއް ވާކަމަށް މީހަކު ދައުވާކޮށްފައިވެއެވެ.

އަދި ސަލްމާނުގެ އަނތްބަށް ކިޔަނީ "ނޫރް" ކަމަށާއި، ސަލްމާނު އާއި ނޫރުއަށް 17 އަހަރުގެ އަންހެން ދަރިއަކު ލިބިފައިވާކަމަށް އޭނާގެ ކޮމެންޓުގައި ވެއެވެ.

"ކޮންތާކު ފިލާ ތިހުންނަނީ؟ އަހަރެންނަށް ހުރިހާ އެއްޗެއްވެސް އިނގޭ! ދުބައިގައި ކަލޭގެ އަންހެނުން ނޫރާއި 17 އަހަރުގެ އަންހެން ދަރިފުޅު ފޮރުވައިގެން ގެންގުޅޭކަން އަހަންނަކަށް ނުފޮރުވޭނެ! ކަލޭގެ ތި ސިއްރު ކިހާ ދުވަހަކު ހިފާއްޓާނަންތަ؟"ސޯޝަލްމީޑިޔާގައި ކޮމެންޓުކުރި މީހާގެ ކޮމެންޓު 

ސަލްމާނަށް އަމާޒުވެފައިވާ މި ކޮމެންޓު ފެނިފައި އޭނާވެސް ހައިރާންވެފައިވާ މަންޒަރު ޝޯގައި ފެނިގެން ދެއެވެ. އަދި "ތިއީ ކާކަށް އައި ކޮމެންޓެއްހޭ" އެހި އެވެ. އަދި އެއީ ދޮގެއް ކަމަށް ބުނެ އިންކާރު ކުރިއެވެ.

ސަލްމާން އުޅޭ ތަނާއި އޭނާ އެއްވެސް ކަމެއް ސިއްރު ނުރުރާކަމަށް ސަލްމާނު ބުންޏެވެ. އަދި އޭނާ އުޅޭ ތަނާއި އޭނާގެ އަނތްބެއް ހުރި ދުވަހަކުން ސިއްރު ނުކޮށް ފާޅުގައި އުޅޭނެކަމަށާއި، ސިއްރު ކުރަން އެއްވެސް ސަބަބެއް ނުވާކަމަށް ސަލްމާނު ބުނެފައިވެއެވެ.

10%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް