ads
މިސައިލްތައް ޓެސްޓު ކުރާ މަންޒަރު- ފޮޓޯ: ޑީއާރުޑީއޯ
އިންޑިއާއިން ބާރުގަދަ ހަތިޔާރުތަކެއް ޓެސްޓުކޮށްފި
އިންޑިއާއިން އަމިއްލަ އުފެއްދުން ގިނަ ކުރަން ބާރު އަޅަމުންދާ ދަނޑިވަޅެއްގައި އެގައުމުގެ ޑިފެންސް ރިސާޗު އެންޑް ޑިވެލޮޕްމެންޓް އޯގަނައިޒޭޝަން (ޑީއާރުޑީއޯ) އިން ބާރުގަދަ ހަތިޔާރުތަކެއް ޓެސްޓްކޮށްފި އެވެ.

ހަތިޔާރު ޓެސްޓް ކުރުމަށް ފަހު ޑީއާރުޑީއޯ އިން ބުނީ އެ ހަތިޔާާރުތަކަކީ އެގައުމުގެ އަސްކަރިއްޔާއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

އެ ހަތިޔާރު ތަކަކަކީ އެގައުމުގެ އުފައްދުމެއް ކަމަށް އެ އެޖެންސީން ބުނެއެވެ. 

ޑީއާރުޑީއޯ އިން ނެރުނު ބަޔާނެއްގައި ބުނީ ޓެސްޓު ކުރެވުނު ހަތިޔާރުތަކުގެ ތެރޭގައި ހިމެނެނީ ދެ މިސައިލު ކަމަށެވެ. އެތަނުން އެއް މިސައިލަކީ މެން ޕޯޓަބަލް އެންޓި ޓޭންކް މިސައިލް (އެމްޕީއޭޓީޖީއެމް) އެއް ކަމަށާއި ދެވަނައަށް ޓެސްޓު ކުރެވުނު މިސައިލަކީ އާކާޝްގެ ނަމުން ނަން ދެވިފައިވާ މުޅިން އާ ވައްތަރެއްގެ ސާފެސް ޓު އެއާ މިސައިލެއް ކަމަށް ޑީއާރުޑީއޯއިން ބުނެއެވެ. 

އަދި ޓެސްޓު ކުރެވުނު ދެމިސައިލްވެސް ކާމިޔާބުކަމާއެކު އަމާޒަށް ވާސިލްވި ކަމަށް ޑީއާރުޑީއޯއިން ބުނެއެވެ. މިއަދު ޓެސްޓު ކުރެވުނު ހަތިޔާރު ތަކަކީ އެންމެ މިޒަމާނުގެ ބާރުގަދަ މިސައިލްތައް ކަމަށް އެ އެޖެންސީ އިން ބުނެއެވެ. 

25%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް