ads
ގެސްޓްހައުސްއެއް--
ގެސްޓް ހައުސްތަކަށް ފަތުރުވެރިންނަށް ޗެކިން ވެވޭ ގޮތަށް އުސޫލު ބަދަލުކޮށްފި
ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގަމުން އަންނަ ގެސްޓު ހައުސްގައި ފަތުރުވެރިންނަށް ޗެކިން ވެވޭ ގޮތަށް އެޗްޕީއޭގެ އުސޫލަށް ބަދަލު ގެނެސްފިއެވެ.

ދެނުކު އޭޝިޔާގެ ފަތުރުވެރިންނަށް ރާއްޖޭގެ ބޯޑަރު ހުޅުވާލާފައި ވަނީ މި މަހުގެ 15 ގަ އެވެ. ރާއްޖެ އަންނަ ފަތުރުވެރިން، މީހުން ދިރިއުޅޭ ރަށްރަށާއި އެ ރަށްރަށުގެ ގެސްޓް ހައުސްތަކަށް ނުގެން ދެވޭނެ ކަމަށް އެޗްޕީއޭއިން މީގެ ކުރިން ވަނީ ބުނެފައެވެ.

އެޗްޕީއޭއިން މީގެ ކުރިން މިހެން ބުނެފައިވީނަމަވެސް މިރޭ އެޗްޕީއޭއިން ކުރި އިއުލާނެއްގައި ވަނީ ގެސްޓުހައުސްތަކަށް ފަތުރުވެރިން ދެވޭ ގޮތަށް އުސޫލަށް ބަދަލުގެނެސްފައެވެ. އެގޮތުން މި ހިނގާ ޖުލައި މަހުގެ 26 ވަނަ ދުވަހުން ޑަބްލިޔު އެޗްއޯއިން ބަލައިގަނެފައިވާ ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަތުރުވެރިންނަށް ގެސްޓު ހައުސްތަކަށް ޗެކިން ވެވޭނެއެވެ. އަދި އެމީހުނާއެކު ދަތުރުކުރާ ވެކްސިން ނުޖެހޭ އުމުރުގެ ކުޑަކުދިން ނަށް ވެސް ޗެކްއިން ވެވޭނެ ކަމަށް ބުނެފައިވެއެވެ. ނަމަވެސް ޑަބްލިޔުއެޗްއޯގެ އިމަރޖެންސީ ޔޫސްއަށް ލިސްޓްކޮށްފައިވާ ކޮވިޑް-19 ގެ ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށް 14 ދުވަސް ވެފައި ނުވާ ފަތުރުވެރިން މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކަށް ޗެކް-އިން ނުވެވޭނެއެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިން 72 ގަޑިއިރު ނުވާ ޕީސީއާރު ނެގަޓިވް ޓެސްޓެއް އޮންނަން ޖެހޭއިރު، މީހުން ދިރިއުޅޭ ރަށްރަށުގެ ގެސްޓްހައުސްތަކުން ފަތުރުވެރިން ޗެކް-އައުޓް ވާއިރު ވެސް ނެގަޓިވް ޕީސީއާރް ޓެސްޓެއް އޮންނަންޖެހެއެވެ.

ވެކްސިން ފުރިހަމަކޮށްފައިވާ ނުވާ ފަތުރުވެރިންނަށް ގެސްޓު ހައުސްތައް ހުޅުވާލެވޭނެ އުސޫލުވެސް އެޗްޕީއޭއިން މިއަދު ވަނީ ކަނޑައަޅާފައެވެ. އެގޮތުން ރަށުގައި ދިރިއުޅޭ އާބާދީގެ %60 އަށް ވެކްސިން ޑޯޒްތައް ފުރިހަމަވެފައިވާ، ަށުގައި ފަތުރުވެރިން ނަށް ޚިދުމަތްދިނުމުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތައް ހިމެނޭގޮތަށް %95 މީހުންނަށް ވެކްސިންގެ ޑޯޒްތައް ފުރިހަމަވެފައިވާ ރަށްތަކުގެ އިތުރުން ރަށުގައި ދިރިއުޅޭ 65 އަހަރުން މަތީގެ އާބާދީގެ %90 މީހުން ވެކްސިން ޑޯޒްތައް ފުރިހަމަ ވެފައިވާ ރަށްތަކަށް އެ ފުރުސަތު ލިބިގެންދާނެއެވެ.

ވެކްސިން ޑޯޒް ފުރިހަމަ ވެފައި ކަމަށް ބަލާނީ ވެކްސިން ގެ ޖަހަންޖެހޭ ޑޯޒްތައް ފުރިހަމަ ކުރުމަށްފަހު 14 ދުވަސް ހަމަވުމުން ކަމަށް ވެސް އެޗްޕީއޭއިން ވަނީ ކަނޑައަޅާފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް