ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު---
ވެކްސިން ފުރިހަމަކުރި، ބޭރުން އަންނަ ދިވެހިން ކަރަންޓީން ވާން ނުޖެހޭ ގޮތްހަދައިފި
Share
ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ވޯކް ޕާމިޓް އޮންނަ ފަރާތްތައް ވެކްސިން ފުރިހަމަކޮށްފައިވާނަމަ ކަރަންޓިނުވާން ނުޖެހޭ ގޮތަށް އެޗްޕީއޭގެ އުސޫލުތަކަށް ބަދަލު ގެނެސްފި އެވެ.
Advertisement

އެޗްޕީއޭ އިން މިރޭ ނެރުނު އުސޫލުގައި ބުނާ ގޮތުން ޖުލައި 26 ވަނަ ދުވަހުން ފެށިގެން ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ވޯކް ޕާމިޓް ހޯލްޑަރުން ވެކްސިން ފުރިހަމަކޮށްފައި ވާނަމަ ރާއްޖެ އައިސް ކަރަންޓީން ވާން ނުޖެހޭނެއެވެ.

ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަށްފަހު 14 ދުވަސްވެފައިވާ ދިވެހިންނާއި ވޯކް ޕާމިޓް ހޯލްޑަރުން ކަރަންޓީނުވާން ނުޖެހުނު ނަމަވެސް، ރާއްޖެއަށް އެތެރެވާއިރު 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ނަތީޖާއެއް އޮންނަންޖެހޭނެއެވެ.

އެޗްޕީއޭއިން ބުނީ ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެ ބަލިން ފަސޭހަވެފައިވާ ފަރާތްތކުގެ ތެރެއިން ޕޮޒިޓިވްވި ސާމްޕަލް ނެގި ތާރީޚުން ފެށިގެން 60 ދުވަސް ނުވާ ފަރާތްތަކާއި ވެކްސިން ފުރިހަމަކޮށްފައިވާ ބެލެނިވެރިންނާއެކު އަންނަ ކުޑަކުދިން ވެސް އެނބުރި ރާއްޖެ އައުމަށް ފަހު ކަރަންޓީނުވާން ނުޖެހޭނެ ކަމަށެވެ.

ނަމަވެސް ކުޑަކުދިން ރާއްޖެ އެތެރެވާތާ 5-7 ދުވަހުގެ ތެރޭގައި ޕީސީއާރު ޓެސްޓެއް ހަދަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

މި ނޫން ހުރިހާ ފަރާތްތައް ވެސް ރާއްޖެ އެތެރެވުމަށްފަހު 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރަން ޖެހޭނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ކަރަންޓީނުވާން ނުޖެހޭ ފަރާތްތައް ވެސް، ދަތުރުކުރަންވާނީ ހާލުބެލުމުގެ ޕޯޓަލްއިން ދަތުރުކުރުމުގެ ހުއްދަ ދުރާލައި ހޯދައިގެން ކަން އެޗްޕީއޭއިން ފާހަގަކޮށްފައިވެއެެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް