ޓައިގާ 3 ގެ ޕޯސްޓަރު
ސަލްމާން "ޓައިގާ 3" ގެ ތައްޔާރީތައް ފަށައިފި!
Share
ކޮވިޑް-19 އާއި ގުޅިގެން ޝޫޓިން މެދުކެނޑިފައިވާ ފިލްމް "ޓައިގާ 3" ގެ ޝޫޓިންއަށް ސަލްމާން ތައްޔާރުވާން ފަށައިފިއެވެ.
Advertisement

ސަލްމާން ޓުވިޓާގައި ހިއްސާކޮއްފައިވާ ވީޑިއޯއެއްގައި ފެނިގެން ދަނީ ޖިމެއްތެރޭގައި ސަލްމާން ވަރަށް ބުރަކޮށް ކަސްރަތު ކުރާ މަންޒަރެވެ. މި ވީޑިއޯ ހިއްސާ ކުރަމުން ސަލްމާން ބުނެފައިވަނީ ވީޑިއޯގައި ފެންނަ މީހާ އަކީ ޓައިގާ 3 އަށް ތައްޔާރު ވަމުންދާ މީހެއްކަމަށް ލަފާކުރެވޭކަމަށެވެ. 

މި ވީޑިއޯގައި ސަލްމާންގެ މޫނު މާ ސާފުނޫން ނަމަވެސް އެއީ ސަލްމާންކަން އެނގޭވަރުވެއެވެ. މި ވީޑިއޯގެ ބެކް މިއުޒިކަށް ލާފައިވަނީ "ޓައިގާ ޒިންދާ ހޭގެ ތީމް މިއުޒިކެވެ. 

"ޓައިގާ 3"ގައި މިފަހަރު ސަލްމާނާއި އެކު ފެނިގެންދާނީ ކެޓްރީނާ ކައިފް އާއި، އިމްރާން ހާޝްމީއެވެ. އިމްރާން މި ފިލްމުގައި ފެނިގެންދާނީ އިންޓަ-ސާވިސް އިންޓެލިޖެންސް (އައިއސްއައި) ގެ އޭޖެންޓެއްގެ ރޯލުންކަމަށް ރިޕޯޓުތައް ބުނެއެވެ. އިމްރާން ވެސް ވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިން "ޓައިގާ 3"ގެ ތައްޔާރީތަކުގެ ތެރެއިން އިމްރާނުގެ ހަށިގަނޑަށް އައިސްފައިވާ ބޮޑު ބަދަލު ދައްކާލާފައެވެ. 

މި ފެށޭ އޮގަސްޓް މަހު ޓައިގާ 3 ގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވާއިރު، އަންނަ އަހަރު މި ފިލްމް ރިލީސް ކުރެވޭނެކަމަށް ގިނަ ބަޔަކު ލަފާކުރެއެވެ. އަދި ހަމަ އެޔާއެކު ބެލުންތެރިން މިހާރުވެސް ތިބީ މި ފިލްމް ބަލާލަން ކެންމަދުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް