ads
ރާއްޖޭގެ ރަށްތައް- ފޮޓޯ:ސޯޝަލްމީޑިއާ
ތ.ކިނބިދޫއާއިއެކު ޖުމްލަ 14 ރަށެއް މޮނިޓަރިންގައި
ރާއްޖޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 ގެ ކޭސްތަކެއް އަތޮޅުތެރެއިން ފެނިފައިވާއިރު މިވަގުތު އަތޮޅުތެރޭގެ 14 ރަށެއް މޮނިޓަރިން އަށް ލާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ކޭސްތައް ފެނިގެން މިވަގުތު މޮނިޓަރިންގައި އޮތީ ގދ.ތިނަދޫ، ފ.ފީއަލި، ފުވައްމުލައް ސިޓީ، ގއ.ވިލިނގިލި، އއ.ތޮއްޑޫ، ރ.ދުވާފަރު، ގއ.ކޫއްޑޫ، ރ.މީދޫ، ކ.ގުރައިދޫ، ށ.ފޯކައިދޫ، ގދ.ނަޑެއްލާ، ކ.ކާށިދޫ، އއ.ރަސްދޫ، ރ.ކިނބިދޫ އެވެ.

ތ.ކިނބިދޫ މިހަފްތާގެ 20 ގައި މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވާއިރު، އއ.ރަސްދޫ މޮނިޓަރިން އަށް ލާފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ. 

ކ.ކާށިދޫއާއި ގދ.ނަޑެއްލާގެ އިތުރުން ށ.ފޯކައިދޫ މޮނިޓަރިންއަށްލީ މިމަހުގެ 13 ވަނަ ދުވަހުއެވެ. އަދި ކ.ގުރައިދޫ މޮނިޓަރިންއަށްލީ މިމަހުގެ 7 ވަނަ ދުވަހުއެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހުން ފެށިގެން ރ.މީދޫ މޮނިޓަރިންގައި އޮތް އިރު އެއަތޮޅު ދުވާފަރު މޮނިޓަރިންއަށް ލާފައިވަނީ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އއ.ތޮއްޑޫ މޮނިޓަރިންއަށްލާފައިވަނީ މެއި މަހު 24 ވަނަ ދުވަހުއެވެ. 

ގއ.ކޫއްޑޫ މިދިޔަ މަހުގެ 12 ވަނަ ދުވަހު މޮނިޓަރިންއަށްލާފައިވާއިރު، އެއަތޮޅު ވިލިނގިލި މޮނިޓަރިންއަށް ލާފައިވަނީ މެއި މަހުގެ 15 ވަނަ ދުވަހުއެވެ. 

ފުވައްމުލައް ސިޓީވެސް މެއި މަހު މޮނިޓަރިންއަށް ލާފައިވާއިރު، ފުވައްމުލައް ސިޓީ މޮނިޓަރިންއަށް ލާފައިވަނީ މެއި މަހުގެ 6 ވަނަ ދުވަހުއެވެ. ފ.ފީއަލި މޮނިޓަރިންއަށްލީ މެއިމަހުގެ 2 ވަނަ ދުވަހުއެވެ. އަދި ގދ.ތިނަދޫ މޮނިޓަރިންއަށްލީ އޭޕްރިލްމަހުގެ 24 ވަނަ ދުވަހުއެވެ.

ރާއްޖެއިން މިހާތަނަށް 76،332 މީހަކު ކޮވިޑަށް ޕޮޒިޓިވެވެފައިވާކަމަށް ރިކޯޑުކުރެވިފައިވާއިރު، މިބަލީގައި މިހާތަނަށް 73،531 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

އަދި 2،571  އެކްޓިވް ކޭހެއް މިވަގުތު ފެނިފައިވާއިރު، އޭގެތެރެއިން 12 މީހަކަށް ހޮސްޕޮޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދާކަމަށް އެޗްޕީއޭއިން މައުލޫމާތުދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް