ads
އުދައަރާފަ
ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް އުދައިގެ އަސަރުކޮށްފާނެ: މެޓް
ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް އުދައިގެ އަސަރުކުރުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.

މޫސުން ގޯސްވާނެކަމަށް ބުނެ މެޓް އޮފީހުން ބުނީ ދެކުނާއި މެދުރާއްގެތެރޭގެ އެކި ހިސާބުތަކަށް ގުގުރުމާއިއެކު ވިއްސާރަކުރާނެކަމަށް ލަފާކުރާކަމަށެވެ. 

ދެކުނުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާއިރު، އުތުރުގެ ބައެއް ރަށްތަކަށް ކެރީގެ އަސަރު ކޮށްފާނެކަމަށް މެޓްއިން މައުލޫމާތުދެއެވެ.

މެޓް އޮފީހުން ބުނީ ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ.

އަދި އެހެންހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާކަމަށް މެޓް އިން މައުލޫމާތުދެއެވެ.

މީގެއިތުރުން ދެކުނުގެ ކަނޑުތައް އާދައިގެ ވަރަަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށާއި، މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް ގަދަވުން އެކަށީގެންވާކަމަށް މެޓް އިން ބުނެއެވެ.

މިގޮތުން މެޓް އިން ވަނީ އުތުރާއި މެދުރާއްޖެތެރޭގެ ސަރަޙައްދުގައި ކަނޑުދަތުރުކުރާ މީހުން މޫސުމަށް ސަމާލުވުމަށް އެދިފައެވެ. 

އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށިގެންވާކަމަށް ލަފާކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް