ads
އެލެކްސާ ސްޕީކަރު
އެމޭޒަން އިން 'ޒިގީ' ތައާރަފްކޮށްފި
އެމޭޒަން އިން 'ޒިގީ' ތައާރަފްކޮށްފިއެވެ.

އެލެކްސާ އޭބުނުމުން ނޭންގޭނެ މީހެއް މަދުވާނެއެވެ. އެމޭޒަންއިން މިދިއަ ހަފްތާގައި އެލެކްސާ އާއި އެއްގޮތަށް ފިރިހެން އަޑެއް އެކޯ ސްޕީކަރުތަކުން ލިބޭގޮަތަށް ތައާރަފްކޮށްފިއެވެ.

އެލެކްސާ އެކޭ އެއްގޮތަށް ޒިގީ އިހްތިޔާރު ކުރަން ބޭނުންވާ ފަރާތްތަކަށް ފިރިހެން މިއަޑަށް ބަދަލުކުރަން ބުނެލަން ޖެހޭނީ 'އެލެކްސާ، ޗޭންޖް ޔޯ ވޮއިސް' މިހެންނެވެ. ނުވަތަ މި އެޕްގެ ސެޓިންއިންވެސް ބަދަލު ކޮށްލެވޭނެއެވެ. އެލެކްސާ އާއި އެކު އެމޭޒަންގެ ޑިވައިސްތައް ބޭނުންކުރަން 'އެކޯ'، 'ކޮމްޕިއުޓާ'، 'އެމޭޒަން' އަށް އަލަށް ގުޅޭމި އާ އަޑު ދާދި ފަހުން ތައާރަފްކޮށްފައިވި ނަމަވެސް ގޫގްލް އަދި އެޕަލް ކުންފުނިތަކުން މިކަން މާ ކުރީއްސުރެން އަންނަނީ ކުރަމުންނެވެ. 

އެކި މަޝްހޫރު ތަރިންގެ އަޑާއެކު މިއީ އެމޭޒަންއަށް ލިބިގެންދާނެ އިތުރުކުރިއެރުމެކެވެ. 2019 އިންފެށިގެން ސެމުއީލް އެލް ޖެކްސަންގެ އަޑު އެމޭޒަންއިން ލިބިގެންދެއެވެ. މީގެ އިތުރުން ދާދި ފަހުން  ދެތަރިންކަމަށްވާ ޝެކިލް އޯ ނީލް އަދި މެލީސާ މެކްކާތީ ގެ އަޑުވެސް ވަނީ ތައާރަފްކޮށްފައެވެ.  

ޒިގީ ގެ ހިދުމަތް މިވަގުތު ލިބިގެންދަނީ 4.99 ޑޮަލަރަށް ހަމައެކަނި އެމެރިކާ އަށެވެ. ނަމަވެސް ދާދި އަވަހަށް އެހެން ގައުމުތަކަށްވެސް ލިބިގެންދާނެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް