ads
ރަންވީރު ލައިގެން ހުރި ކޯޓުގެ އަގު އިނގޭތަ؟
ބޮލީވުޑުގެ ކުޅަދާނަ ފަންނާނު ރަންވީރު ސިންގްއަކީ އަބަދުވެސް އެހެން ފަންނާނުންނާ ތަފާތުކޮށް ހެދުން އަޅާ ފަންނާނެކެވެ. އެގޮތުން ދާދި ފަހުން އޭނާ އެޅި ކޯޓަކަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.
ބޮލީވުޑުގެ ކުޅަދާނަ ފަންނާނު ރަންވީރު ސިންގްއަކީ އަބަދުވެސް އެހެން ފަންނާނުންނާ ތަފާތުކޮށް ހެދުން އަޅާ ފަންނާނެކެވެ. އެގޮތުން ދާދި ފަހުން އޭނާ ލާފައިވާ ކޯޓަކަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.

އެގޮތުން ރަންވީރު ލާފައިވާ ކޯޓުގެ އަގަށް ބަލާއިރު އެއީ ތިން ލައްކަ ރުޕީސްގެ އަގުހުރި ކޯޓެއް ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ. މުށި ކުލައިގެ އެ ކޯޓަކީ ގުޗީ ބްރޭންޑުގެ ކޯޓެކެވެ.

ރަންވީރު ވަނީ މީގެ ކުރިން ވެސް އަގު ބޮޑެތި ހެދުން ބޭނުންކުރާ ފަންނާނެކެވެ. އާންމުކޮށް ރަންވީރު ހެދުން އަޅާގޮތަށް ގިނަ ބަޔަކު ފާޑު ކިނަމަވެސް މިފަހަރު އޭނާ ލީ ކޯޓު ގިނަ ބަޔަކަށް ކަމުދިޔަ ކަމަށް ވެ އެވެ.

އެންމެ ފަހުން މި ދިޔަ އަހަރުގެ ކުރީކޮޅު ނެރުނު ފިލްމު "ގަލީ ބޯއީ" އިން ފެނިގެން ދިޔަ ރަންވީރުގެ ކުރިއަށް އޮތް ފިލްމަކީ ކަބީރު ހާނުގެ "83" އެވެ. އެ ފިލްމުގައި ރަންވީރުގެ އަންހެނުން ދީޕިކާ ވެސް ފެނިގެންދާނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް