ads
މާރާމާރީގައި ޒަހަމްވި މީހާއަށް އެހީވުމަށް ފުލުހުން ހަރަކާތްތެރިވަނީ ފޮޓޯ: އެމްވީ ކްރައިސިސް
މާލޭގައި ހިނގި މާރާމާރީއެއްގައި މީހަކު ޒަހަމުކޮށްލައިފި
މާލޭގައި ހިނގި މާރާމާރީއެއްގައި އެކަކު ޒަހަމުކޮށްލައިގެން އައިޖީއެމްއެޗްގައި ފަރުވާދޭން ފަށައިފި އެެވެ.

ފޮޓޯތަކުން ފެންނަ ގޮތުން އެމީހާގެ ބޯވަނީ ފަޅާލާފައެވެ. މިކަމާއި ގުޅޭގޮތުން ފުލުހުން ސީއެންއެމްއަށް ބުނީ، އެ މާރާމާރީ ހިނގާފައިވަނީ، އެންޑީއޭ ކުރިމަތީގައި ކަމަށާއި އެކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު ހަވީރު 17:23 ގައި ކަމަށެވެ. 

އެ މާރާމާރީގައި އެކަކު ޒަހަމްކޮށްލާފައިވާތީ އެމީހާ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުންދާ ކަމަށް ފުލުހުން ބުނެއެވެ. އެހެންނަމަވެސް ހާދިސާއާއި ބެހޭ އިިތުރު މައުލޫމާތެއް ނުދެއެވެ. 

މިމައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުންދާއިރު މިއީ މިފަހަކުން މާލޭގައި ހިނގި މިފަދަ ތިންވަނަ މާރާމާރީއެެވެ. އެންމެ ފަހުން މިފަދަ މާރާމާރީއެއް މިމަހުގެ 17 ވަނަ ދުވަހުވެސް ވަނީ ހިނގާފައެވެ. އެފަހަރު މާޖީދީމަގު، މާވެޔޮ މަގާއި ގުޅުނު ހިސާބުން ދުއްވާފައިދިޔަ ކާރެއް ހުއްޓުވައި އެކާރުގައި އިން 14 އަހަރުގެ ފިރިހެން ކުއްޖެއް ބޮލުގައި މަރުތެޔޮލަކުން ޖަހައި ބޯފަޅާލައިގެން ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައެވެ. 

މާލޭގައި މިފަހުން ގުރޫޕުތަކުން އަންނަނީ ގިނަ މާރާމާރީތަކެއް ހިންގަމުންނެވެ. ފާއިތުވި ތިން ދުވަހުވެސް މާލޭގެ އެކި ސަރަހައްދުތަކުގައި މާރާމާރީ ހިންގާ މަންޒަރުތަކެއް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފައެވެ. އެހެންނަމަވެސް ފުލުހުންގެ ފަރާތުން މިހާތަނަށް އެއިން އެއްވެސް މާރާމާރީއެއްގެ މައުލޫމާތެއް މީޑިއާތަކާއި ހިއްސާކޮށްފައެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް