ads
ގއ ދާންދޫ
އީދު ކުޅިވަރު ތެރެެއިން ހިނގި މާރާމާރީއާއި ގުޅިގެން ފިރިހެންމީހާ ހައްޔަރުކޮށްފި
ގއ. ދާންދޫގައި އީދު ފާހަގަކުރުމަށް ކުލަ ޖެހުމުގެ ތެރޭގައި އަންހެނަކާ ފިރިހެނަކާ ދެމެދު ހަމަނުޖެހުން ހިނގައި، މާރާމާރީއެއް ހިނގި މައްސަލާގައި ފިރިހެން މީހާ ހައްޔަރުކޮށްފި އެވެ.

މިމަހުގެ 21 ވީ ބުދަ ދުވަހު އެހާދިސާ ހިނގުމާއިއެކު ފުލުހުންނަށް ވަނީ ރިޕޯޓްކޮށްފައެވެ. އެހެންނަމަވެސް އެމައްސަލާގައި އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ އެރަށުގައި ވަނީ އިއްޔެ މުޒާހަރާވެސް ކޮށްފައެވެ. 

މުޒާހަރާއާއި ގުޅޭގޮތުން ސީއެންއެމްއަށް މައުލޫމާތު ދެމުން އެރަށު މީހަކު އިއްޔެ ބުނެފައިވަނީ، ހަދިސާ ހިނގި ދުވަހު އެކަމުގައި ޝާމިލްވާ ފިރިހެންމީހާ ގެންދިޔުމަށްފަހު ކޯޓު އަމުރެއް ނުލިބިގެން ހަތަރު ގަޑިއިރު ފަހުން ދޫކޮށްލީ ކަމަށެވެ. އިއްޔެ އެކަމަށްޓަކައި ކޯޓުވެސް ހުޅުވާފައި ނުވާކަމަށާއި އެކަމުގައި ފުލުހުންވެސް ކަންކުރަމުންދަނީ ފަރުވާކުޑަކޮށް ކަމަށް އޭނާ ބުނެފައިވެއެވެ. 

އޭގެފަހުން މިރޭ ދާދި ދެންމެއަކު އޭނާ ވަނީ ހައްޔަރުކޮށްފަ ކަމަށް ސީއެންއެމްއަށް ވަނީ މައުލޫމާތު ލިބިފައެވެ. އޭނާގެ ބަންދަށް ވަނީ 10 ދުވަސް ޖަހާފައެވެ. 

އެ މާރާމާރީ ހިނގައިދިޔަ ގޮތް އެނގޭ މީހަކު ސީއެންއެމްއަށް އެދުވަހު ބުނި ގޮތުގައި މާރާމާރީ ހިނގާފައިވަނީ ދާންދޫ އަންހެނުންގެ ތަރައްގީއަށް ކުރިއަރުވާ ކޮމިޓީގެ ނައިބު ރައީސާ މުޒައިނާ މުހުތާރު އާއި އެރަށު ޒުވާން ފިިރިހެނަކާ ދެމެދުގައެވެ. 

އެތަނުން ފިރިހެން މީހާ މިރޭ ހައްޔަރުުކުރިއިރު، އެހަދިސާ ހިނގި ދުވަހު ކަން ހިނގައިދިޔަ ގޮތް ކިޔައިދެމުން ފިރިހެން މީހާގެ ގާތް މީހަކު ބުނީ މައްސަލަ ފެށުނީ ފިރިހެން މީހާ ގޭގައި އިންދާ، މުޒައިނާ އައިސް އެގެއަށް ވަދެ ކުލަ ޖަހަން ފެށުމުން ކަމަށެވެ. އަދި ގަދަކަމުން ކުލަ ޖަހަން އުޅުމުގެ ތެރޭގައި ފިރިހެން މީހާގެ ފޯނު ވެއްޓި ހަލާކުވިކަމަށާއި ފިރިހެން މީހާ އެކަމާ ރުޅި އައިސްގެން، މުޒައިނާގެ ގަޔަށް ވަރަށް ގަދައަށް ކުލަ ޖަހައި ހެދިކަމަށެވެ. އޭނާ ބުނީ ފިރިހެން މީހާގެ ކަރުގައި މުޒައިނާ ވަރަށް ގަދައަށް ވަކި އަޅާފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން މުޒައިނާ ސީއެންއެމްއަށް ވިދާޅުވީ މިިކަން ހިނގައިދިޔައީ ކުލަ ޖަހަން އުޅުމުގެ ތެރޭގައި މަގުމަތީގައި ކަމަށެވެ. އަދި އޭނާގެ ގަޔަށް ކުލަ ޖެހުމުން ރުޅި އައިސް، ގޮށްމުށުން ޖެހުމަށްފަހު، އިސްތަށިގަނޑު އަތަށް އޮޅައި ބާރުކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ.  

ހަމަނުޖެހުމުގައި ހިމެނޭ ދެމީހުން ވެސް ދާންދޫ ސިއްހީ މަރުކަޒުން ފަރުވާ ހޯދާފަވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް