ads
އެތަނުގައި އާއްމުން އެއްވެފައި
ބާރުގަދަ ގޮވުމެެއްގެ އަޑާއިއެކު ހުޅުމާލެ ބިރުވެރިކަމަކަށް!
ގޮވުމުގެ އަޑު ބޮޑު ސަރަހައްދަކަށް އިވުނު
އެސަރަހައްދަށް ގިނަ އަދަދެއްގެ މީހުން އަންނަނީ ޖަމާވަމުން
ހުޅުމާލޭގައި ބާރުގަދަ ގޮވުމެއް ގޮވައިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.

ސީއެންްއެމްއަށް އެތަނުން މައުލޫމާތުދިން އާއްމުންގެ މީހަކު ބުނީ އެއްޗެއް ގޮވި އަޑު އިވިފައިވަނީ ވަރަށް ބާރަށް ކަމަށާއި، ފުލުހުންނާއި، ގިނަ އަދަދެއްގެ ބަޔަކު އެތަނަށް އެއްވަމުންދާ ކަމަށެވެ.

އެއްޗެއް ގޮވާފައިވަނީ ހުޅުމާލެ ޗައިނާ ޓައުން ސަރަހައްދުންނެވެ. އެ ސަރަހައްދުން ބާރުގަދަ އެއްޗެއް ގޮވައިގެން ހަރަކާތްތެރިވަމުންދާކަން ފުލުހުންވެސް ވަނީ ކަަށަވަރުކޮށްދީފައެވެ. އެހެންނަމަވެސް މިކަމާއި ގުޅިގެން އެމްއެންޑީއެފްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

your imageއެ ސަރަހައްދުން ގޮވި އެތީގެ ބައެއް ކަމަށް ބެލެވޭ އެއްޗެއް—— ފޮޓޯ: ސީއެންއެމް

އެ ސަރަހައްދުން ވާހަކަދެއްކި މީހަކު ސީއެންއެމްއަށް ބުނީ ބާރުގަދަ އަޑާއިއެކު ގޮވައިގެން އާ ކަމަށް ބެލެވޭ ފީފާއެއްގެ މަތިގަނޑެއް އެސަރަހައްދުގެ އިމާރާތެއްގެ މަތީގައި އޮތް ކަމަަށާއި، ބުރައިގެން މަގުމައްޗަށް އައިސް ވެއްޓިފައިވަނީ، ވެލްޑިންކުރަން ބޭނުންކުރާ އެއްޗެއްގެ ބައެއް ކަމަށް ބެލެވޭ ކަމަށެވެ.

އޭނާ ބުނީ އޭނާ އަށް އިވުނު އަޑަކީ އޭނާ ހުރި ސަރަހައްދުން ފަސް ބްލޮކް ދުރުން އިވުނު އަޑެއް ކަމަށް ބެލެވެއެވެ. އެހެންނަމަވެސް އެހިސާބަށްވެސް ވަރަށް ބާރަށް އެއަޑު އިވުނު ކަމަށް އޭނާ ބުނެއެވެ. އެ ސަރަހައްދަށް ދަނީ  ގިނަބަަޔަކު އެއްވަމުންނެވެ. 

ބާރުގަދަ އެއްޗެއް ގޮވައިގެން ހުޅުމާލެ ބިރުވެރިކަމެއްގައި އޮތް އިރު މިކަން ހިނގާފައި މިވަނީ މެއި މަހުގެ ހަވަނަ ދުވަހު ސައިކަލެއް ގޮއްވާލައިގެން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާއެއް ދީފައިވަނިކޮށެވެ. 

5%
ކަމުގޮސްފި
68%
އަޑުއެހިތާ މިހުރީ
21%
ސަތޭކައަކުން ސުމެއް
5%
ވަރަށް ސަލާމް
ކޮމެންޓްސް