ގޮވުން ގޮވި ސަރަހައްދު ފުލުހުން ބަންދުކޮށްފައި- ފޮޓޯ: ސީއެންއެމް
ހުޅުމާލެގައި އެއްޗެއް ގޮވުން: މުޅި އެސަރަހައްދު ބަންދުކޮށްފި
Share
ހުޅުމާލޭގައި ބާރުގަދަ ގޮވުން ގޮވި ސަރަހައްދު ފުލުހުން ބަންދުކޮށްފި އެވެ.
Advertisement

އެގޮވުން ގޮވާފައިވަނީ، ބޯގަންވިލާ މަގު، ކުޅިވަރު ކުޅުމަށް ހާއްސަކޮށްފައިވާ ހުސްބިން ސަރަހައްދުގައެވެ. މުޅި އެސަރަހައްދު ބަންދުކޮށް މިހާރު ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުން އަންނައިރު، އެހާދިސާ ހިނގިވަގުތު އެސަރަހައްދުގައި ފުޓްބޯޅަ ކުޅުމަށް ބަޔަކު ހަރަކާތްތެެރިވެފައިވެއެވެ.

އެއަޑާއިއެކު އެމީހުންވެސް ވަނީ ކުޅުން ހުއްޓާލާފައެވެ. އެހެންނަމަވެސް އެކަމާއި ގުޅިގެން އެެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިިބިފައިވާކަމުގެ މައުލޫމާތެއް މިހާތަނަށް ލިބިފަނުވާކަމަށް ފުލުހުން ބުނެއެވެ.

އެ ސަރަހައްދުން ވާހަކަދެއްކި މީހަކު ސީއެންއެމްއަށް ބުނީ ބާރުގަދަ އަޑާއިއެކު ގޮވައިގެން އާ ކަމަށް ބެލެވޭ ފީފާއެއްގެ މަތިގަނޑެއް އެސަރަހައްދުގެ އިމާރާތެއްގެ މަތީގައި އޮތް ކަމަަށާއި، ބުރައިގެން މަގުމައްޗަށް އައިސް ވެއްޓިފައިވަނީ، ވެލްޑިންކުރަން ބޭނުންކުރާ އެއްޗެއްގެ ބައެއް ކަމަށް ބެލެވޭ ކަމަށެވެ.

އޭނާ ބުނީ އޭނާ އަށް އިވުނު އަޑަކީ އޭނާ ހުރި ސަރަހައްދުން ފަސް ބްލޮކް ދުރުން އިވުނު އަޑެއް ކަމަށް ބެލެވެއެވެ. އެހެންނަމަވެސް އެހިސާބަށްވެސް ވަރަށް ބާރަށް އެއަޑު އިވުނު ކަމަށް އޭނާ ބުނެއެވެ. އެ ސަރަހައްދަށް  ގިނަބަަޔަކު ދަނީ އެއްވަމުންނެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ގުޅުންހުރި މައުލޫތައް