ads
ޗައިނާ އެމްބަސީ ދޮށުގައި މުޒާހަރާ ކުރަނީ
ޗައިނާ އައުޓް ނަމުގައި ޒުވާނުންތަކެއް ޗައިނާ އެމްބަސީ ކައިރީ މުޒާހަރާ ކުރަނީ
ޗައިނާ ބޭރުކުރުމަށް ގޮވާލާ ޗައިނާ އެމްބަސީ ދޮށުގައި ޒުވާނުންތަކެއް މުޒާހަރާކުރަން ފަށައިފި އެވެ.

ޗައިނާއާ ދެކޮޅުކަން ހާމަކުރުމަށް "ޗައިނާ އައުޓް"، " ލޯން ޝާކް"، " ސްޓޮޕް ޗައިނާ" ފަދަ ޝުއޫރުތައް ލިޔެފައިވާ ބޯޑްތަކެއް ހިފައިގެން ތިބެ މި އިހްތިޖާޖްކޮށްފައިވާއިރު، އެމީހުން ގޮވާލަމުންދަނީ ޗައިނާ ބޭރުކުރުމަށާއި، ޗައިނާ ހުއްޓުވުމަށެވެ. 

ފުލުހުން ވަނީ މިހާރު ޗައިނާ އެމްބަސީ ސަރަހައްދު އެއްކޮށް ބަންދުކޮށްފައެވެ. ފުލުހުން ސީއެންއެމްއަށް ބުނީ އެސަރަހައްދުގައި މުޒާހަރާ ކުރަން އުޅުނު ޒުވާނުންތަކެއް އެ ސަރަހައްދުން މިހާރު ދުރައްޖައްސާފައިވާ ކަމަށެވެ. 

އެހެންނަމަވެސް ޒުވާނުން އަދިވެސް ދަނީ ބޯޑުތަކާއިއެކު އެ ސަރަހައްދުގައި އަޑުއުފުލަމުންނެވެ. 

މީގެ ކުރިން އިންޑިއާ އައުޓްގެ ނަމުގައި އިދިކޮޅުން މުޒާހަރާތަކެއް ކޮށްފައި ވީނަމަވެސް "ޗައިނާ އައުޓް" ގެ ނަމުގައި މިއީ މުޒާހަރާއެއް ކުރާ ފުރަތަަމަ ފަހަރެވެ. 

ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖެއާއި ޗައިނާއާއި ގާތްގުޅުމެއް ބޭއްވި ނަމަވެސް އެމްޑީޕީން ވެރިކަމާއި ހަވާލުވިފަހުން ޗައިނާއާއި އޮންނަ ގުޅުން ވަރަށް ހީނަރެވެ. މި ސަރުކާރުން ގުޅުން އެންމެ ރަނގަޅު އެއް ގައުމަކީ އިންޑިއާއެވެ.

20%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
40%
ވަރަށް ސަލާމް
ކޮމެންޓްސް