ads
ޕެރިސްގެ ހޮސްޕިޓަލަކަށް އުފަންވި ކުއްޖަކު ގެންދަނީ
ދުނިޔެ ސަލާމަތް ކުރަން ކަމަށް ބުނެ ފްރާންސްގެ ބަޔަކު ދަރިން ހޯދުން ހުއްޓާލަނީ
ދުނިޔެ ސަލާމަތް ކުރަން ކަމަށް ބުނެ ފްރާންސްގެ ބަޔަކު ދަރިން ނުހޯދާނެ ކަމަށް ބުނެފިއެެވެ.

ފްރާންސް24 އިން ރިޕޯޓްކުރާ ގޮތުގައި އެގައުމުގެ ޒުވާނުންގެ ބަޔަކު ވަނީ ތިމާވެށި ސަލާމަތްކުރަން ކަމަށް ބުނެ ދަރިން ނުހޯދަން ނިންމާފައެވެ. އެގޮތުން އެ ނޫހުން އިންޓަވިއު ކުރި 26 އަހަރުގެ ޒުވާނަކު ބުނީ ދަރިއަކު ހޯދުން އެއީ އޭނާގެ އުސޫލުތަކާ ހިލާފުކަމެއް ކަމަށެވެ. އަދި ދަރިއަކު ހޯދުމަކީ ދުނިޔެއަށް ޖެހޭ އިތުރު ބުރައެއް ކަމަށް އޭނާ ބުނެއެވެ. އޭނާ ބުނީ ހުޅަނގުގައި ލިބެން ހުންނަ ގުދުރަތީ ވަސީލަތްތައް ލިބެންހުރި މިންވަރަށްވުރެ ގިނައިން އެމީހުން އެވަސީލަތްތައް ބޭނުންކުރާ ކަމަށެވެ. 

އެ ޒުވާނާ ކަަހަލަ އެތައް ބަޔަކު ތިބި ކަމަށް އެ ނޫހުން ރިޕޯޓް ކުރެއެވެ. އަދި އެ ހަރުކަށި ވިސްނުމުގެ މީހުން އިތުރުވަމުން އަންނަ ކަމަށާއި އެމީހުން އެމީހުންނަށް ކިޔަނީ "ޗައިލްޑް ފްރީ". "ގިންކްސް" އަދި "ނޯ ކިޑްސް" އެެވެ. އަދި އެމީހުން ދަރިން ނުހޯދަން ދައްކާ އުޒުރު އެމީހުން ދިފާއު ކުރެއެވެ. 

އެ ވިސްނުން ގެންގުޅޭ ފްރާންސްގެ މަޝްހޫރު ޔޫޓިއުބަރެއް ކަމަށްވާ އަނާ ބޮގެން ބުނާ ގޮތުގައި މި ދުނިޔޭގެ ހުރިހާ ގުދުރަތީ ވަސީލަތްތައް ހުސްވާއިރު އެމީހުންނެއް ނުތިބޭނެ އެވެ. ނަމަވެސް ހުރިހާ ދަތި ވޭނެއްގައި އުޅެން ޖެހޭނީ އެމީހުން ދަރިން ހޯދައިފިއްޔާ އެމީހުންގެ ދަރިންނެވެ. އެހެން ކަމުން އެ ދުވަސް އަންނާކަށް އެމީހުން ބޭނުންނުވާ ކަމަށް އޭނާ ބުނެއެވެ.

އެމީހުން ބުނާ ގޮތުގައި ލިބޭ ކޮންމެ ދަރިއެއް އަހަރަކު 40 ޓަން ކާބޮން ދުނިޔެއަށް ދޫކޮށްލައެވެ. އެހެން ކަމުން އެކަން ހުއްޓުވަން އޮތް ހަަމައެކަނި ގޮތަކީ ދަރިން ހޯދުން ހުއްޓުން ކަމަށް އެމީހުން ބުނެއެވެ. އަދި ދަރިން ހޯދުން ހުއްޓުވޭ ކަމީވެސް ވަރަށް ނަސީބުވެރި ކަމެއް ކަމަށް އެމީހުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް