ads
ކުޑަހުވަދޫ---
ކުޑަހުވަދޫ ޒުވާނުންގެ ޝަކުވާ، އީދު ފާހަގައެއް ނުކުރެވުނު
ދ.ކުޑަހުވަދޫ ރައްޔިތުންނަށް އީދު ފާހަގަކުރުމުގެ ފުރުސަތު ނުލިބޭކަމަށް ބުނެ އެރަށުގެ ޒުވާނުން ޝަކުވާކޮށްފިއެވެ.

ސީއެންއެމްއިން ކުރި ސުވާލަކަށް ޖަވާބުދެމުން ކުޑަހުވަދޫ ޒުވާނަކު ވަނީ އެރަށުގައި އީދާއި ގުޅިގެން އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދެވުނު ކަމަށް ބުނެފައެވެ.

އަދި އިތުރު ޒުވާނަކު ބުނީ އެރަށު ކައުންސިލުން އެރަށުގައި އީދާއި ގުޅިގެން އެއްވެސް ހަރަކާތެއް ކުރިއަށް ގެންދިއުމަށް ހުއްދަ ނުދޭކަމަށް ބުނެފައި ވާކަމަށެވެ.

ކުޑަހުވަދޫއަކީ ކޮންމެ އަހަރަކުވެސް އީދާއި ގުޅިގެން ކޮންމެވެސް ހަރާކާތެއް ކުރިއަށް ގެންދެވޭ ރަށަކަށް ވާއިރު، އޭނާ ބުނީ އެރަށުގެ ސަގާފަތާއި ހިލާފަށް އީދު ފާހަގަ ކުރުމަށް އެއްވެސް ހަރަކާތެއް ނުބޭއްވުމަކީ އެރަށު ޒުވާނުންނާއި، ކުދިބޮޑު އެންމެންވެސް ކަންބޮޑުވާކަމެއް ކަމަށެވެ.

އީދާއި ގުޅިގެން ސަރުކާރުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިތަކެއް ދީފައެވެ. އެހެންނަމަވެސް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ވަނީ ފިޔަވަޅުތަކަށް ލުއިތަކެއް ދިންނަމަވެސް ކޮވިޑުން ރައްކާތެރިވުމަށްޓަކައި އެ އޭޖެންސީން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިހުމާލު ނުވުމަށް އިލްތިމާސްކޮށްފައެވެ.

މިކަމާއި ގުޅިގެން ސީއެންއެމްއިން އެރަށު ކައުންސިލް މުއައްޒަފަކާއި ސުވާލުކުރުމުން އޭނާ ވަނީ އީދުގައި ހަރަކާތްތައް ނުބޭއްވުމަށް ކައުންސިލުން ކަނޑައެޅީ އެރަށުގައި ފެތުރެމުންދާ ބަލިމަޑުކަމަށް ވިސްނައި ހާލަތަށް ރިއާޔަތްކޮށްކަމަށް ބުނެފައެވެ.

ކޮވިޑަށް ޕޮޒިޓިވް ކޭސްތަކެއް ކުޑަހުވަދޫއިން ފެނިފައިވާއިރު، ގާތްގަނޑަކަށް 140 އެއްހައި މީހުން އެރަށުގައި ކަރަންޓީނުގައި އެބަތިއްބެވެ. 

އަދި މިހާލަތުގައި އީދު ފާހަގަ ކުރުމަކީ ރަށް އަދިވެސް އެއްފަހަރު މޮނިޓަރިންގެ ހާލަތަށްކަށް ލުންކަހަލަ ކަމެއް ކަމަށް ރަށު ކައުންސިލްގެ މުއައްޒަފަކު ވަނީ ބުނެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް