ޝިލްޕާ ޝެޓީ
ބަހަރަހާނާ ފިލްމު އުފެއްދި މައްސަލައިގައި ޝިލްޕާގެ ބައިވެރިވުމެއް ނެތް!
Share
މި މަހުގެ 19 ވަނަ ދުވަހު ބޮލީވުޑްގެ ކުޅަދާނަ ތަރި ޝިލްޕާ ޝެޓީގެ ފިރިމީހާ އަދި މަޝްހޫރު ވިޔަފާރި ވެރިޔާ ރާޖް ކުންދުރަ، ބަރަހަނާ ފިލްމް އުފައްދާ ކަމުގެ ތުހުމަތުގައި ހައްޔަރު ކުރުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ޝިލްޕާގެ އަތެއް މި މައްސަލައިގައި ވެދާނެތޯ ސުވާލު އުފައްދަމުންނެވެ.
Advertisement

ރާޖް ހައްޔަރު ކުރުމުގެ އެއް ދުވަސް ކުރިން ޝިލްޕާ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓަކާއި ގުޅިގެން ގިނަ ބަޔަކު މި ސުވާލު އުފައްދަމުން ދާއިރު، ޝިލްޕާގެ ޕޯސްޓުގައި އޭނާ ބުނެފައިވަނީ ވަށައިގެންވާ ކަންކަން ކޮންޓްރޯލް ކުރުމުގެ ބާރު ތިމާގެ ނެތް ނަމަވެސް، އަމިއްލަ ނަފްސު ކޮންޓްރޯލް ކުރެވިދާނެ ކަމަށެވެ.

މި ޕޯސްޓާ ގުޅިގެން ގިނަ ބަޔަކު މި މައްސަލައިގައި ޝިލްޕާގެ ބައިވެރިވުމެއް ވެދާނެތޯ ސުވާލު އުފައްދަމުން ދިއުމާއި ގުޅިގެން ކްރައިމް ބްރާންޗްގެ ޖޮއިންޓް ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ބަރަހަނާ ފިލްމް އުފެއްދުމުގައި ފިރިމީހާ ރާޖް އާ އެކު ޝިލްޕާގެ އެއްވެސް ބައިވެރިވުމެއް ވާކަން މިހާތަނަށް ތަހުގީގަށް ލިބިފައިވާ ހެކިތަކުން އެނގިފައި ނުވާކަމަށް ބުނެފައެވެ.

އެހެން ކަމުން މި މައްސަލައިގައި ޝިލްޕާގެ މައްޗަށް އެއްވެސް ތުހުމަތެއް ކުރެވިފައެއް ނުވެއެވެ. ނަމަވެސް ޝިލްޕާ އާވެސް ވަނީ މި މައްސަލައިގެ ތަހުގީގަށް ސުވާލުކުރެވިފައެވެ.

މި މައްސަލައާ ގުޅިގެން ރާޖްގެ މައްޗަށް ގިނަ ތުހުމަތުތަކެއްކޮށް ދައުވާ އުފުލިފައިވާއިރު، ގިނަ ބަޔަކު އަންނަނީ ޑާންސާ ޗެޕްޓާ 4 ގެ ޖަޖު ކަމުން ޝިލްޕާ ވަކިކުރަން ވެސް ގޮވާލަމުންނެވެ. 

މި މައްސަލާގައި ޝިލްޕާގެ ބައިވެރިވުމެއް ނެތް ނަމަވެސް މި މައްސަލާގެ އަސަރު ޝިލްޕާގެ ކެރިއަ އަށް ކުރާނެކަމަށް ގިނަ ބަޔަކު ލަފާކުރެއެވެ. 

your imageޝިލްޕާ ޝެޓީ އާއިލާއާއި އެކު

ޝިލްޕާ އާއި ރާޖް ކުންދްރަ ގެ ކައިވެނި ކުރެވުނީ 2009 ވަނަ އަހަރުގެ ތެރޭގައެވެ. އެ ދެ މީހުންގެ ކައިވެންޏަށް 2012 ވަނަ އަހަރު ފިރިހެން ކުއްޖަކު ލިބުނުއިރު، ސަރޮގެސީ މެދުވެރިކޮށް މިދިޔަ އަހަރު ވަނީ އަންހެން ކުއްޖަކު ލިބިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް