ads
ބިދޭސީން- ފޮޓޯ: ސޯޝަލްމީޑިއާ
ބިދޭސީން އެމީހުން ގެ ގައުމަށް ފޮނުވަމުގައި ދަތިތަކެއް އެބަހުރި: ހަލީމު
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އެމީހުންގެ ގައުމުތަކަށް ފޮނުވާލުމުގައި ދަތިތަކެއް އެބަހުރިކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފި އެވެ.

އިމިގްރޭޝަންގެ ތަރުޖަމާނު ހަސަން ހަލީމް ސީއެންއެމްއަށް ވިދާޅުވީ މިހާރުގެ ހާލަތު ހުރިގޮތުން އިމިގްރޭޝަންގެ ފަރާތުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އެމީހުންގެ ގައުމަށް ފޮނުވުމުގެ މަސައްކަތަށް ވަރަށް ބޮޑެތި ދަތިކަމެއް ކުރިމަތިވާކަމަށެވެ. ސަބަބަކީ ރާއްޖެއިން ބަންގުލަދޭޝަށް ދާ މީހުންގެ އަދަދު ގިނަވުން ކަމަށް ވެސް ހަސަން ހަލީމް ވިދާޅުވިއެވެ. 

ހަސަން ހަލީމް އިތުރަށް ވިދާޅުވީ ބޭނުންވާ ވަރަށް މީހުން ނުފޮނުވޭކަމަށާއި ކުރިން ލަފާކޮށްފައިވަނީ ދެ ދުވަހެއްގެ މަތިން 40 ވަރަކަށް މީހުން އަނބުރާ ފޮނުވާލުމަށް  ކަމަށާއި ނަމަވެސް މިހާރުގެ ހާލަތު އޮތް ގޮތުން މިހާރު ފޮނުވެނީ ހަފްތާއަކު 15 ވަރަކަށް މީހުންކަމަށެވެ. މިހާރު ބޮޑަށް ފޯކަސް ކުރެވެނީ ޑިޓެންޝަން ސެންޓަރުގައި ތިބި މީހުން ފޮނުވަކަމަށްވެސް އޭނާވަނީ ފާހަގަ ކޮށްފައިއެވެ.  

ވަޒީފާދޭ ފަރާތުގެ އިހުމާލުން އަމިއްލައަށް ވަޒީފާ ދޫކޮށްލާފައި ފިލައިގެން އުޅޭ ބިދޭސީންނާއި، ގަސްދުގައި ބޮޑު މުސާރަ ހޯދުމުގެ މަގުސަދުގައި ވަޒީފާދޭ ފަރާތަށް ފިލައިގެން އުޅޭބިދޭސީން ރާއްޖޭގައި އުޅޭއިރު، އިމިގްރޭޝަނުން ދަނީ އެ މީހުން ހޯދާ ގައުމަށް ފޮނުވުމުގެ މަސައްކަތް  ކުރަމުންނެވެ. މީގެއިތުރުން ހާލުގައި ޖެހިފައިވާ ބިދޭސީންނާއި އެނބުރި ގައުމަށް ދާން ބޭނުންވެގެން އަންނަ ބިދޭސީން ވެސް ފޮނުވުމުގެ މަސައްކަތް އިމިގްރޭޝަނުން ކުރަމުންދެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް