ads
ޝީޝާ ގައި ރޯވި އަލިފާން ނިއްވާލާފައި
ޝީޝާ ޝޯރޫމުގައި ރޯވި އަލިފާން، ތަނުގެ މުވައްޒަފުން ނިއްވާލައިފި
މާލޭގައި ހުންނަ ޝީފާގެ އޮފީހުގައި ރޯވި އަލިފާން އެތަނުގެ މުވައްޒަފުން ނިއްވާލައިފިއެވެ.

އަލިފާން ރޯވެފައި ވަނީ ގަލޮޅު ނިރޮޅުމަގުގައި ހުންނަ ޝީޝާ އިން ސައިކަލް އިންސްޓޯލްމެންޓަށް ދޫކުރުމުގެ ކަންކަން ކުރިއަށް ގެންދާ އޮފީހެއްގައެވެ.

އެމްއެންޑީއެފްގެ ތަރުޖަމާނު އިބްރާހިމް އާޒިމް ވިދާޅުވީ ޝީޝާ ޝޯރޫމުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން ހަރަކާތްތެރިވެފައިވާ ކަމަށާއި ރޯވެފައިވަނީ އެތާގައި ހުރި ކަރަންޓު ބޯޑެއްގައި ކަމަށެވެ.

އަލިފާން ރޯވުމާއެކު ތަނުގެ މުވައްޒަފުން އަލިފާން ނިއްވާލާފައިވާ ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއްނުވެއެވެ.

އެމްއެންޑީއެފްއަށް މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ 11:48 ހާއިރުއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް