ads
ހަމަލާ ރޭވި މީހުން
ނަޝީދަށް ދިން ހަމަލަ ރާވާ ހިންގުމުގައި އިސްކޮށް އުޅުނީ 3 މީހެއް: ޕޮލިސް
ކުރީގެ ރަައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއަށް އަމާޒުކޮށް ޓެރެރިސްޓު ހަމަލާދިނުމަށް އެ ހަމަލާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި ތިން މީހުންގެ ވަނަވަރު ހާމަކޮށްފި އެވެ.

ރައީސް ނަޝީދުގެ ހަމަލާއާއި ގުޅޭގޮތުން މުހިންމު މައުލޫމާތުތަކެއް ހިއްސާކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނަރު އޮޕް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ، އެހަަމަލާއާއި ގުޅިގެން ދައުވާކުރުމަށް ފޮނުވާފައިވާ ހަތަރު މީހުންނާއިއެކު ތުހުމަތުކުރެވިގެން ތަހުގީގުތައް ހިންގަމުންދާ ޖުމްލަ 10 މީހަކު މިހާރު ވަނީ ހައްޔަރުކުރެވިފަ ކަމަށެވެ. 

ސީޕީ ހަމީދު ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން ހަމަލާ ރާވާ ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވާ މީހުންނަކީ، ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމް އާއި، ކ. މާލެ، ކުދެހިގެ، އިސްހާގު އާއި، ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް ކަމަށެވެ. އެމީހުންގެ މައްޗަށް ތަހުގީގުތައް ފުލުހުން ދަނީ ހިންގަމުންނެވެ.

އޭގެ ތެރެއިން އަލީ ހައިޝަމްގެ މައްސަލަ ޕްރޮސިކިއުޝަން މަރުހާލާއަށް ފޮނުވިފައިވާކަމަށާއި، އޭގެ ބޭނުމަކީ ތަހުގީގުގައި އޭނާ އާ ގުޅޭގޮތުން ފުރިހަމަ ކުރަންޖެހޭ އެއްވެސް ކަމެއް އޮތްތޯ، ޕީޖީ އޮފީހާ މަޝްވަރާކޮށްގެން ކުރިއަށް ގެންދިޔުންކަމަށް ސީޕީ ހަމީދު ވިދާޅުވިއެެވެ.  

މީގެ އިތުރުން އިސްހާގަކީ، ހަމަލާ ރާވާ ހިންގުމުގައި އެންމެ އިސްކޮށް ހުރި އެއް ފަރާތުގެ އިތުރުން، އަދުހަމް ހަމަލާއަށް ތައްޔާރުކުރުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވި މީހާވެސް މެއެވެ. 

މިތިން މީހުންނަކީ، މިހާރު ހައްޔަރުކޮށް ތަހުގީގު ނިންމާ ދައުވާކުރުމަށް ފޮނުވާފައިވާ ހަތަރު މީހުންގެ އިތުރުން، ތުހުމަތު ކުރެވިގެން ހަ މީހެއްގެ މައްޗަށް ތަހުގީގު މިހާރުވެސް ހިންގަމުންދާ މީހުންގެ ތެރެއިން ފުލުހުން ނޫސްވެރިންގެ ބައްދަލުވުމުގައި ވަނަވަރު ހާމަކުރި ހަމީހުންގެ ތެރޭގައި ހިމެނޭ މީހުންނެެވެ.

ވަނަވަރު އާންމުކުރި މީހުންނަކީ:

  • ނ. މަނަދޫ ނޫރީގެ އަލީ ހައިޝަމް،
  • ކ. މާލެ، ކުދެހިގެ، އިސްހާގު
  • ގއ. ވިލިނގިލި ހުދުރުވާގެ، ފަހުމީ އަލީ
  • އއ. މާޅޮސް، އަސަރީގެ، މުހައްމަދު ނާޒިމް
  • ހއ. މުޅަދޫ ބަހާރުގެ، އަބްދުﷲ އަލި މަނިކު
  • ހއ. ހޯރަފުށި، އަލަނާސިގެ، މުހައްމަދު ތަސްލީމް

މީގެ ތެރެއިން، ފަހުމީ އަލީ، އާއި، މުހައްމަދު ނާޒިމްއަކީ ހަމަލާގައި އެކި ދައުރު އަދާކޮށްފައިވާ ދެ މީހުންނެވެ. އަބްދުﷲ އަލި މަނިކު އަކީ ރާއްޖޭގައި ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާ މީހެއްގެ އިތުރުން ބޮން ގޮއްވާލި އަދުހަމް ފިލުމަށް އޭނާ އެހީތެރިވެދީފައިވެއެވެ. 

މީގެ އިތުރުން މުހައްމަދު ތަސްލީމް އަކީ، ރައީސް ނަޝީދަކީ ދީނުން ބޭރުވެފައިވާ މީހެއް ކަމަށް ކަނޑައަޅާ ރައީސް ނަޝީދަކީ މަރާލަންޖެހޭ މީހެއް ކަމަށް ބުނެ، އެކަމަށް ވަކާލާތުކޮށް ހަރުކަށި ފިކުރަށް މީހުން ވައްދާ ސެލްއެއްގެ ގޮތުގައި އަމަލީ ގޮތުން ހަރަކާތްތެރިވި މީހާވެސް މެއެވެ. 

25%
ކަމުގޮސްފި
50%
އަޑުއެހިތާ މިހުރީ
25%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް