ads
ސަލްމާންއާއި އާތިޔާ
އާތިޔާ ފޮލޯ ނުކުރެވުމުން ސަލްމާން މާފަށް އެދެފި
ބޮލީވުޑްގެ މަޝްހޫރު ފިލްމީ ފަންނާނު ސަލްމާން ހާން އިންސްޓަގްރާމުން އާތިޔާ ޝެޓީ ފޮލޯ ނުކުރެވި އިނުމުން މައާފަށް އެދެފިއެވެ.

އަރްބާޒް ހާންގެ ޓީވީޝޯގައި ކުރިއަށްގެންދިޔަ ސެގްމެންޓެއްގައި ސަލްމާން އާއި އަރްބާޒް ވަނީ މީޑިއާގައި ދެމީހުންނަށް އަމާޒުވާ ސުވާލުތައް ކިޔާފައެވެ. 

އަދި އަރްބާޒް ވަނީ ސަލްމާން ޓްވީޓާގައި ފޮލޯ ކުރާ މީހުންގެ ނަންތައް ކިޔައިދިނުމަށް ބުނެފައެވެ. މިކަމުގެ ތެރެއިން ދެކެވުނު ވާހަކައެއްގައި ސަލްމާނުގެ އިންސްޓަގްރާމް އެކައުންޓުގައި 42.2 މިލިއަން ފޮލޮވާޒް ހުރިކަމާއި އެހެންނަމަވެސް، ސަލްމާނު ފޮލޯކުރަނީ އެންމެ 27 މީހުންކަން އަރްބާޒް ވަނީ ފާހަގަކޮށްފައެވެ.

އަދި ސަލްމާނަށް ކުރެވުނު ސުވާލަކުން، އޭނާ ފޮލޯ ނުކުރަނީ ކޮން އެކްޓަރެއްކަން ސުވާލުކޮށް އޭނާ ފޮލޯ ނުކުރަނީ އާތިޔާ ކަމަށް އަރްބާޒް ވަނީ ބުނެފައެވެ.

މިކަން އެނގުމުން ސަލްމާން ވަނީ ދެއަތް ޖޯޑުކޮށް، މީގެފަހުން އިންސްޓަގްރާމުން އާތިޔާ ފޮލޯކުރާނެކަމަށް ބުނެފައެވެ. މިކަމާއި ގުޅިގެން ސުނިލް ޝެޓީ ބުނީ، ސަލްމާނަކީ ސުނިލްގެ އާއިލާގެ މެމްބަރެއް ކަމަށެވެ. އަދި ސަލްމާނު އާތިޔާއަށް މައާފަށް އެދުމަކީ ވަރަށް ލޯބިކަމެއް ކަމަށެވެ. 

ހަމައެހެންމެ ސަލްމާނު ކުރާ ކަމެއް ކުރާނީ އަބަދުވެސް ހެޔޮހިތުން ކަމަށާއި، ސުނިލްއާއި ސަލްމާނާއި ދެމެދުގައިވާ ރަހުމަތްތެރިކަމަކީ އޭނާ ބޮޑު އަހަންމިއްޔަތުކަމެއް ދޭ އެއްޗެއް ކަމަށް ސުނިލް ބުނެފައިވެއެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް