ads
އަހުމަދު މަހުލޫފް
ފުލުހުންގެ ވަރަށް ބުރަ އަދި ފުރިހަމަ ތަހުގީގެއް: މަހުލޫފް
6 މޭގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދެވުނު ހަމަލާގެ ތަހުގީގަކީ ފުލުހުންނަށް ވަރަށް ބުރަ މަސައްކަތެއް ނަމަވެސް މިކަން ވަރަށް ފުރިހަމައަށް ތަހުގީގު ކުރެވިފައިވާކަމަށް މަގާމުން އެކަހެރި ކުރެވިފައިވާ ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

މަހުލޫފް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ސަރުކާރުންވެސް އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް މި ހަމަލާގެ ތަހުގީގު ވަރަށް ސީރިއަސް މައްސަލައެއް ކަމުގައި ބަލާ އެކަން އެންމެ ފުރިހަމައަށް ތަހުގީގުކޮށްފައިވާކަމަށް އޭނާ ދެކޭކަމަށެވެ. 

އަނިޔާވެރި ހަރުކަށި ފިކުރު ނައްތާލަންޖެހޭކަމަށާއި މިކަން ކުރަންވާނީ ސިޔާސީ ޕާޓީ ތަކާއި ދީނީ  އިލްމުވެރިންނާއި ރައްޔިތުންގެ ބައިވެރިވުމާއެކު ގައި ކަމަށް އޭނާ ގެ ޓުވީޓުގައި ފާހަގަ ކޮށްފައިވެއެވެ.

މި ހަމަލާ އާއި ގުޅިގެން މިމަހުގެ 24 ވަނަ ދުވަހުގެ ރޭ ޕޮލިހުންވަނީ ނޫސްވެރިންގެ ބައްދަލު ވުމެއް ބާއްވާފައެވެ. އެ ބައްދަލުވުގައި ފުލުހުން ބުނީ ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ދައުވާކުރުމަށް ހަތަރު މީހަކު ފޮނުވާފައިވާއިރު، ހަމަލާގެ ތުހުމަތު ކުރެވިގެން ތަހުގީގުތައް ހިންގަމުންދާ ޖުމްލަ 10 މީހަކު ހައްޔަރުކޮށް ތަހުގީގު ކުރަމުންދާކަމަށެވެ.   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް