ads
ގޯރީ އާއި ކަރަން ޖޯހަރު--
ކަރަން ޖޯހަރުގެ ފަރާތުން ގޯރީއަށް އުފަންދުވަހުގެ ހާއްސަ ތަހުނިޔާއެއް!
ބޮލީވުޑުގެ މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ފަރާތުން ބޮލީވުޑުގެ މަޝްހޫރު އެކްޓަރު ޝާހު ރުކް ހާންގެ އަންހެނުން އަދި މަޝްހޫރު ޑިޒައިނާ ގޯރީ ހާންއަށް އުފަންދުވަހުގެ ހާއްސަ ތަހުނިޔާއެއް ކިޔައިފިއެވެ.
ބޮލީވުޑުގެ މަޝްހޫރު ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ފަރާތުން ބޮލީވުޑުގެ މަޝްހޫރު އެކްޓަރު ޝާހު ރުކް ހާންގެ އަންހެނުން އަދި މަޝްހޫރު ޑިޒައިނާ ގޯރީ ހާންއަށް އުފަންދުވަހުގެ ހާއްސަ ތަހުނިޔާއެއް ކިޔައިފި އެވެ.

ގޯރީއަށް މިއަދު 49 އަހަރު ވެފައިވާއިރު ގިނަ ބަޔަކު އަންނަނީ އޭނާއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔަމުންނެވެ. އޭގެ ތެރެއިން އެކަކަކީ ކަރަން ޖޯހަރެވެ. އޭނާގެ ފަރާތުން ގޯރީއަށް ވަނީ ވަރަށް ހާއްސަ ތަހުނިޔާއެއް ކިޔާފަ އެވެ.

އިންސްޓަގުރާމު މެދުވެރިކޮށް ކަރަން ޖޯހަރު، ގޯރީގެ ފޮޓޯއެއް ހިއްސާކޮށް ބުނީ އޭނާގެ އެންމެ ތަފާތު އަދި މަޑުން ހުރެ އެންމެ އެހީވާ މީހާއަށް އުފާވެރިއުފަން ދުވަސް ކަމަށެވެ. އަދި އެއީ އޭނާ ދަންނަ އެންމެ އަސްލު މީހާ ކަމަށެވެ.


އޭގެ އިތުރުން ގޯރީގެ ކާމިޔާބަށް ވަރަށް ފަހުރުވެރިވާ ކަމަށާއި އޭނާގެ ދިރިއުޅުމުގައި ގޯރީ އަކީ ވަރަށް މުހިންމު މީހެއް ކަމަށް ވެސް ކަރަން ޖޯހަރު ވަނީ ބުނެފަ އެވެ.

އުމުރުން 48 އަހަރުގެ ގޯރީ އަކީ ފާހަގަ ކޮށްލެވޭ އިންޓީރިއާ ޑިޒައިނަރެކެވެ. އޭނާގެ އަމިއްލަ ޑިޒައިންތައް ފެނިގެންދާ 'ގޯރީ ހާން ޑިޒައިންސް'ގެ ނަމުގެ އަމިއްލަ ފިހާރައެއް ވެސް ހުރެއެވެ.

ޝާހު އާއި ގޯރީ ކައިވެނިކޮށްފައި ވަނީ 1991 ގައެވެ. ދެމީހުންގެ ތިން ކުދިން ތިބެ އެވެ. އެއީ 21 އަހަރުގެ އާރިޔަން އާއި 18 އަހަރުގެ ސުހާނާ އަދި ފަސް އަހަރުގެ އަބްރަމެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް