ads
މަޑަވެލި ދާއިރާގެ މެމްބަރު ހުސެން ފިރުޝާން-- ފޮޓޯ: މަޖިލިސް
މީ ބޮންހަދަން އެނގޭ މީހުން އަތުލައިގަންނަން ޖެހޭ ވަގުތު
މީ ބޮންހަދަން އެނގޭ މީހުން އަތުލައިގަންނަން ޖެހޭ ވަގުތު ކަމަށް މަޑަވެލީދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ހުސައިން ފިރުޝާން ވިދާޅުވެއްޖެއެވެ.

މިރޭ ކުރިއަށް ދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ފިރުޝާން ވިދާޅުވީ މަޖީދީމަގުގައި ހިނގި، ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދިންހަމަލާގެ ސަބަބުން ބިރުވެރިކަން އުފެދިފައިވާ ކަމަށާއި، އެހެންކަމުން މިއީ ހަރުކަށިފިކުރުގައި އެހެންމީހުންނަށް ހަމަލާދޭން އުޅޭމީހުން ހައްޔަރު ކުރަންޖެހޭ ވަގުތު ކަމަށެވެ. 

އިތުރަށް ފިރުޝާން ވިދާޅުވީ ޅަދަރީންގެ ސަލާމަތާއި ރައްކާތެރިކަންވެސް މިހާރު ގެއްލިފައިވާ ކަމަށާއި ހަމަލަ އަންނާނީ ކޮންއިރަކު ކަމެއް ނޭނގޭ ކަމަށެވެ. 

އެމަޖިލީހުގެ ޖުމްލަ މެންބަރުންގެ އަދަދަކީ 147 އެވެ. ނަމަވެސް އެމަޖިލީހުގައި ބައިވެރިވީ މަދުމެންބަރުން ތަކެކެވެ. މިމަޖިލީހަށް ރައީސް ނަޝީދު ހުށަހެއްޅުއްވި ގަރާރަކީ ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހޭ ކަމަށް ވިދާޅުވެ ހުށަހެޅުއްވި ގަރާރެކެވެ. މިގަރާރަށް ވާހަކަ ދެއްކެވި ގިނަ މެންބަރުންގެ ވާހަކަ ހުރީ ހަރުކަށިފިކުރުގެ މީހުން ހައްޔަރުކުރުމަށްޓަކައި، ގަރާރާ އެއްކޮޅަށެވެ. 

އެގޮތުން މަޖިލިސްމެންބަރު އަދި އެމްޑީޕީގެ މޭ 6 ކޮމިޓީގެ މުގައްރިރު ހަސަން އަފީފު ވިދާޅުވީ ރާއްޖޭގެ ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ނޫޅޭ، އަދި ރާއްޖެއަކީ ކުފުރުވެފައިވާ ގައުމެއްކަމަށް ދެކޭބަޔަކު ކޮންމެހެން ރާއްޖޭގައި އުޅުމުގެ ބޭނުމެއް ނެތް ކަމަށެވެ. 

ރައީސް ނަޝީދަށް މޭ 6 ވަނަދުވަހު ދެވުނު ހަމަލާއާ ގުޅިގެން ރޭ ފުލުހުންނާއި ޕީޖީ ގުޅިގެން ވަނީ ނޫސްވެރިންނާ ބައްދަލު ކޮށްފައެވެ. މިބައްދަލު ވުމުގައި ފުލުހުން ބުނީ ރައީސް ނަޝީދަށް ހަމަލާ ދީފައި ވަނީ އެމަނިކުފާނަކީ ދީނުން ބޭރުވެފައިވާ މީހެއްކަމަށް ބުނެ ލޭ ހުއްދަ ކޮށްގެން ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް