ads
ބްރިޖް ވެއްޓިފައި
އިންޑިއާގައި ބްރިޖެއް ވެއްޓި 9 މީހަކު މަރުވެއްޖެ
އިންޑިއާގެ ހިމާޗަލް ޕްރަދޭޝްގެ ކިނާއުރްގައި ބްރިޖެއް ވެއްޓި ހިނގި ހާދިސާއެއްގައި ނުވަ މީހަކު މަރުވެ ތިން މީހަކު ޒަހަމްވެއްޖެއެވެ.

އިންޑީޔާގެ މީޑިޔާތަކުން ރިޕޯޓް ކުރާގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވި ސަބަބަކީ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން އުސް ފަރުބަދައެއްގެ މަތިން ބޮޑެތި ހިލަތަކެއް ފުރޮޅެމުން ތިރިއަށް އައުމުގެ ތެރެއިން ބްރިޖް މައްޗަށް ވެއްޓި ބްރިޖު ހަލާކުވެގެންނެވެ. މި ހާދިސާގައި  ނުވަ މީހަކު މަރުވި ކަމަށާއި، ތިން މީހަކަށް އަނިޔާވެފައިވާ ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެއެވެ.

މި ހާދިސާގައި މަރުވި ނުވަ މީހުންނަކީ އެ ސަރަހައްދުން އުޅަނދެއްގައި ދަތުރުކޮށްފައި ދިޔަ ފަތުރުވެެރިން ތަކެއްކަމަށާއި އުސް ފަރުބަދަ މަތިން ހިލަަތައް ސަންގްލާ ޗިޓްކުލް މަގަށް ފައިބާފައިވާއިރު، އޭގެ ސަބަބުން މަގުން ހިނގަމުންދިޔަ މީހުންނާއި، އެ މަގުގައި އުޅަނދުތަކުގައި ދަތުރުކުރަމުންދިޔަ މީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

މީގެއިތުރުން މި ހާދިސާގެ ސަބަބުން ބައެއް އެއްގަމު އުޅަނދުތަކާއި، ގެދޮރު ތަަކަކަށް ވެސް ގެއްލުންވެފައިވާކަމަސް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް