ads
ބޮނީ ކަޕޫރުގެ ފިލްމެއް ފުރަތަމަ ފަހަރަށް ޖާންވީއަށް
ބޮލީވުޑުގެ މަޝްހޫރު ޕްރޮޑިއުސަރު ބޮނީ ކަޕޫރުގެ ކުރިއަށް އޮތް ފިލްމުން އޭނާގެ އަންހެން ދަރިފުޅު ޖާންވީ ފެނިގެން ދާނެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ބޮލީވުޑުގެ މަޝްހޫރު ޕްރޮޑިއުސަރު ބޮނީ ކަޕޫރުގެ ކުރިއަށް އޮތް ފިލްމުން އޭނާގެ އަންހެން ދަރިފުޅު ޖާންވީ ފެނިގެން ދާނެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ކަރަން ޖޯހަރުގެ ދަޅަކް އިން މިދިޔަ އަހަރު ބޮލީވުޑަށް ތައާރަފުވި ޖާންވީއަށް ފިލްމަކަށް ފަހު ފިލްމެއް އަންނަނީ ލިބެމުންނެވެ. އެގޮތުން މިހާރު ގުންޖަން ސަސޭނާގެ ހަޔާތަށް ނެރޭ ފިލްމުގެ މަސައްކަތް އޭނާ މިހާރު ކުރަމުން އަންނައިރު އެ ފިލްމުން އޭނާ ފެނިގެން ދާނީ ރޫހީ އަފްޒާ އިންނެވެ. އަދި ދޯސްތާނާ 2 ގައި މަސައްކަތް ކުރަން ވެސް އޭނާ އަށް ލިބިފައި ވާއިރު އަނެއްކާ ވެސް މިވަނީ ފިލްމެއް ލިބިފަ އެވެ.

މިފަހަރުގެ ފިލްމު ހާއްސަވާ ސަބަބުތައް އެބަ ހުއްޓެވެ. އެގޮތުން މިއީ އޭނާގެ ބައްޕަ ޕްރޮޑިއުސް ކުރާ ފިލްމެއްގައި އޭނާ މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި "ބޮމްބޭ ގާލް" ގެ ނަން ދީފައިވާ އެ ފިލްމު ނެރޭނީ އަންނަ އަހަރުގެ ޖެނުއަރީ ގައެވެ. ފިލްމުގައި އޭނާ ފެނިގެން ދާނީ މިހާތަނަށް އޭނާ ފެނިފައި ނުވާ ފަދަ ރޯލަކުން ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

އުމުރުން 22 އަހަރުގެ ޖާންވީ އާއެކު ލީޑު ބަތަލުގެ ރޯލުން ފެންނާނެ ތަރިއެއް އަދި ނޭނގެ އެވެ. އެފިލްމު ޑައިރެކްޓް ކުރަނީ ސަންޖޭ ޓްރިޕާތީ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް