ads
އާދަމް އާޒިމް ހއ. އިހަވަންދޫއަށް ކުރަށްވާ ދަތުރުގެ ތެރެއިން
އާދަމް އާޒިމް އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ބައްލަވާލައިފި
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ހއ. އިހަވަންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސްރޫއު ކުރިޔަށްދާ ގޮތް ބައްލަވަލައްވައިފިއެވެ.

މީގެ ދެ އަހަރު ކުރިން 2019 ވަނަ އަހަރުގެ އޮގަސްޓުމަހުގެ 26 ވަނަ ދުވަހު އެމްޓީސީސީ އާ ހަވާލުކުރި 51.7 މިލިއަން ރުފިޔާގެ ބޮޑު ޕްރޮޖެކްޓުގެދަށުން ކުރިއަށްދާ ރިވެންޓުމަންޓު ޖެހުމާއި 284 މީޓަރުގެ ބޭރު ދޮށި ހެދުމުގެ އިތުރުން ރޭމްޕް ހެދުމުގެ މަސައްކަތް ކުރިއަށްދާގޮތް އާޒިމް ބައްލަވާލެއްވީ މިހާރު އުތުރުގެ ބައެއް ރަަށްރަށަށް ކުރައްވާ ދަތުރުގެ ތެރެއިން ކަމަށް އެމްޓީސީސީން ބުނެ އެވެ.

މި ދަތުރުގައި އާދަމް އާޒިމް ވަނީ އެ ރަށުގައި އެމްޓީސީސީން ކުރިޔަށްގެންދާ ފެރީ ޓާމިނަލް ތަރައްގީ ކުރުމުގެ މަސްރޫއު ކުރިޔަށް ދާގޮތްވެސް ބައްލަވާފައެވެ. ފެރީ ޓާމިނަލަކީ ރާއްޖެގެ ރަށްތަކަށް ވެސް ފަސޭހަކަމާ އެކު ފެރީގައި ދަތުރުކުރުމުގެ ނިޒާމެއް ގާއިމް ކުރަން ފަށާފައި މަސްރޫއުގެ ދަށުން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. 

މަސްވެރިކަމަށް ހާއްސަ އެ ރަށުގައި ހަދާ ބަނދަރު މަޝްރޫއުގެދަށުން އިހަވަންދޫގެ ބަނދަރު ސަރަހައްދުގައި 4851.5 މީޓަރުގެ ޕޭމަންޓު ހެދުމާއި ނެރު ބައްތިއާއި މަގު ބައްތި ޖެހުންވެސް ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް