ads
ފޮޓޯ: ވެކްސިން
އެސްޓްރާޒެނެކާ ވެކްސިންގެ ޝިޕްމެންޓެއް ރާއްޖެ ގެނެސްފި
އެސްޓްރާޒެނެކާ ވެކްސިންގެ ޝިޕްމެންޓެއް ރާއްޖެ ގެނެސްފި އެވެ.

މި ވެކްސިން ސިޕްމަންޓް ރާއްޖެއަށް ލިބިފައި މިވަނީ ތަފާތު ސަބަބު ތަކާއިހެދި ލިބުން ލަސްތަކެއް ވުމަށްފަހުއެވެ.

ދިވެހި ސަރުކާރުންވަނީ ދެ ވެކްސިނެއްގެ ޖުމްލަ 1،000،000 ޑޯޒަށް ފައިސާ ދައްކާފަ އެވެ. އެއީ ސިންގަޕޫރުގެ އެސްޓްރާޒެނެކާގެ 700،000 ޑޯޒަށާއި އިންޑިއާ އަށް 300،000 ޑޯޒަށެވެ.

އެސްޓްރާޒެނެކާ ވެކްސިން ރާއްޖެ ގެނެސްފައިވވަނީ މިދިޔަ ހަފްތާގައެވެ. އެހެން ނަމަވެސް، ލިބިފައިވަނީ ކިތައްދޯޒުކަމެއް ސާފެއް ނުވެއެވެ.

 ނޫސްވެރިންގެ ބައްދަލުުވުމެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރިން ވިދާޅުވެފައިވަނީ އެސްޓްރާޒެނެކާ ވެކްސިންގެ ބައި މިލިއަނެއްހާ ޑޯޒް މި މަހު ލިބޭނެ ކަމަށެވެ.

ޗައިނާއިން އިތުރު ހަތަރު ލައްކަ ޑޯޒްގެ ކޮވިޑް ވެކްސިން ރާއްޖެ ހަދިޔާކުރަން ނިންމާފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިދިޔަ އާދީއްތަ ދުވަހު ވަނީ ވިދާޅުވެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް