ads
އިންޑިއާއަށް ކުރި ވިއްސާރަ
ބޯކޮށް ވާރޭވެހި އިންޑިއާގައި 160 މީހުން މަރުވެ، އެތައްބަޔަކު ތާށިވެފައި
ބޯކޮށް ވާރޭވެހި އިންޑިއާގައި 160 މީހުން މަރުވެ، ބިންގަނޑު ކަނޑައިން ގޮސް އެތައްބަޔަކު ތާށިވެއްޖެއެވެ.

އީންޑިއާ އަށް އައި މޫސުމީ ވިއްސާރައިގައި 160 މީހުން ހަތަރު ދުވަހު ތެރޭމަރުވެއްޖެއެވެ. އަދި ބިންގަނޑު ކަނޑައިން ދިއުމާއި އެކު  އެތައްބަޔަކު ތާށިވެފައި ތިބިކަމަށް ރެސްކިއު ޖަމާއަތުން ބުނެއެވެ. އޭގެތެރޭން އަދި ސަލާމަތް ކުރެވުނީ 60 މީހުންނެވެ.

މިބާރުގަދަ ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ގޯއާ، މަހަރާޝްތްރާ، ކަރްނާޓަކާ އަދި ޓެލަންގާއަށެވެ. 230،000 މީހުން ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކޮށްފައިވާކަމަށް ރޮއެޓާޒް އިން ބުނެފައިވެއެވެ.

މަހަރަޝްތްރާ އިން 149 މީހުން މަރުވެފަވާކަމަށާއި 64 މީހުން އަދިވެސް ގެއްލިފައިވާކަމަށް އިންޑިއާގެ ސަރުކާރުގެ ބަޔާނުގައި ބުނެފައިވެއެވެ.

"ަރައިގާޑް އާއި ސަޓާރައިގެ ޗަކަހުގައި ތިން ދުވަހަށްވުރެ ގިނަ ދުވަސް ވުމުން ތާށިވެފައި ތިބިމީހުން ދިރިހުއްޓާ ސަލާމަތްކުރުމަކީ ވަރަށް ނާދިރު ކަމެއް." ސަރުކާރުގެ އިސް އޮފިޝަލަކު ވާހަކަ ދައްކަމުން ބުނެފައިވެއެވެ.

ސަލާމަތް ކުރުމަށް ދާ ޖަމާއަތްތަކުން، އަސަރުކޮށްފައިވާ އައްސޭރިތަކަށް އަވަހަށް ދެވިފައި ނުވަނީ މަގުތައް ކަނޑައިގެން ގޮސް ފެންބޮޑުވެ ކޯރުތައް ބަންޑުން ވެފައިމުވުގެ ސަބަބުންނެވެ.

ގޯއާގެ ސްޓޭޓް މިނިސްޓަރު ޕްރަމޯޑް ސަވަންޓް ބުނެފައިވަނީ މިއީ ފާއިތުވީ 40 އަހަރު ތެރޭގައިވެސް ގޯއާއަށް ދިމާވެފައިވާ އެންމެ ނުރައްކާތެރި ހާދިސާކަމަށެވެ. 

އިންޑިއާގެ މޫސުމީ އިދާރައިގެ އިސް ސައިންޓިސްޓް ބުނީ ވެސްޓް ކޯސްޓް ގެ ހިސާބުތަކަށް ކުރާއަސަރު ކުޑަވެ ރެސްކިއު ޖަމާއަތްތަކަށް މިކަމުގެ ސަބަބުން ކޮންމެވެސް ވަރަކަށް ފަސޭހަވެގެން ދާނެކަމަށެވެ. މި ހަފްތާގައި ވިއްސާރައިގެ އަސަރު ކުރި ނަމަވެސް މިދިއަ ހަފްތާގައި ކުރި އަސަރަށްވުރެ ބާރުމިން ދަށްވާނެކަމަށްވެސް އޭނާ ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް