ads
ޖާވެދު އާއި ކަންގަނާ-
ކޯޓަށް ހާޒިރު ނުވެއްޖެ ނަމަ ކަންގަނާ ހައްޔަރު ކުރަނީ
ހާޒިރުވާން އެންގި ތާރީހަށް ހާޒިރުނުވެއްޖެ ނަމަ ހައްޔަރު ކުރަން ޖެހިދާނެ ކަމުގެ އިންޒާރު މަމްބާއި ކޯޓުން ކަންގަނާއަށް ދީފި އެވެ.

ކަންގަނާ ކޯޓަށް ހާޒިރު ކުރަނީ ނިމިދިޔަ 2020 ވަނަ އަހަރު ޓީވީ ޝޯއެއްގެ އިންޑިއާގެ މަޝްހޫރު ލިރިސިސްޓް ޖާވެދު އަހްތަރު ހުށަހެޅި މައްސަލައަކާއި ގުޅިގެންނެވެ.

ޖާވެދު ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ކަންގަނާ ރިޕަބްލިކް ޓީވީ އަށް ދިން އިންޓަވިއުއެއްގައި ޖާވެދްގެ އަބުރު ގެއްލޭ ފަދަ ގޮތަކަށް ވާހަކަ ދައްކާފަ ވާކަމަށެވެ.

ޖާވެދު ބުނީ ސުޝާންތްގެ މަރާއި އޭނާ އާއި ގުޅުވައިގެން ކަންގަނާ ދެއްކި ވާހަކަތަކަކީ ހަގީގަތާ ހިލާފް ވާހަކަތަކެއް ކަމަށެވެ. އަދި އެކަން ކޯޓުގަ ވެސް ސާބިތުކޮށްދެވޭނެ ކަމަށް ކަންގަނާ ބުނެއެވެ.

މިމައްސަލަ ޖާވެދު ފުރަތަމަ ހުށަހެޅި މަމްބައި ކޯޓަށެވެ. ނަމަވެސް އެ ކޯޓުން ވަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަން ފެންނަ ކަމަށް ބުނެ ފުލުހުންގެ މައްޗަށް އެމައްސަލަ  އިތުރަށް ތަހުގީގު ކުރުމަށް އެދި ހުކުމްކޮށްފައެވެ. 

ފުލުހުން ތަހުގީގުން ނިންމީ އެމައްސަލާއިގަ ކަންގަނާ ޖާވެދުގެ އަބުރަށް ގެއްލުންވާ ފަދަ ވާހަކަ ދެއްކި ކަމަށެވެ. 

ސުޝާންތު އަމިއްލައަށް މަރުވާން މަޖުބޫރު ކުރުވި "ގޭންގުގެ" މެމްބަރެއްގެ ގޮތުގައި ކަންގަނާ ވަނީ އަހްތަރު ސިފަކޮށްފަ އެވެ. އޭގެ ސަބަބުން އަހްތަރުގެ އަބުރަށް އުނިކަން އައިސްފައިވާ ކަމަށް ކޯޓަށް ހުށަހެޅި މައްސަލާގައި ވަނީ ބުނެފަ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް