ads
މާވެޔޮ މިސްކިތް - ފޮޓޯ: ސަން
ކުޑަކުދިންލައްވައި އިމާމުވެ ނަމާދު ނުކުރުވާ: މިނިސްޓަރު ޒާހިރު
ކުޑަކުދިން ލައްވައި އިމާމްވެ ޖަމާއަތުގައި ނަމާދު ނުކުރުވުމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ހުޅުމާލެ މިސްކިތެއްގައި ކުޑަކުދިންތަކެއް އިމާމުވެ ނަމާދުކުރާ މައްސަލަ ފެންމަތިވުމާއި ގުޅިގެން ސީއެންއެމްއިން ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، އެމައްސަލަ މިނިސްޓްރީގެ ސަމާލު ކަމަށް އައިސްފައިވާކަމަށެވެ. އަދި އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބައްލަވަމުން ގެންދަވާ ކަމަށާއި، އެއީ ކީއްވެގެން ކުރެވޭ ކަމެއްތޯ ބައްލަވަމުން ގެންދަވާނެކަމަށެވެ.

ލޮކްޑައުންއާއި އީދު ބަންދަށް ފަހު ރާއްޖޭގެ ހުރިހައި ހިސާބަކަށްވެސް ކުޑަކުދިން ލައްވައި ޖަމާއަތުގައި ނަމާދު ނުކުރުވުމަށް އަންގާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެމިނިސްޓްރީން ބެލި ބެލުމުގައި އިމާމުވެ ނަމާދު ކުރީ އިމާމުކަމުގެ ކޯސް ހަދަމުން ގެންދާ ކުޑަ ކުދިން ކަމަށެވެ. އަދި އެކުދިން ލައްވައި ޖަމާއަތުގައި ނަމާދު ކުރެވެނީ ޓްރެއިން ކުރުވަންކަމަށްވެސް އެމިނިސްޓްރީން ބުނެއެވެ.

ކުޑަކުދިން ލައްވައި ނަމާދު ކުރުވިކަމުގެ މައްސަލަ އަޅުގަނޑުމެންގެ ސަމާލަށް އައުމާއިއެކު އެމައްސަލަ ބަލަމުން މިގެންދަނީ. އެފަދައިން ކުޑަކުދިން ލައްވައި ޖަމާއަތުގައި ނަމާދުކުރުވުމުން ކުށެއް ކުރެވުނަސް ގިނަ ފަހަރު ނޭނގިފަ އޮންނާނީ. މިކަމުން އެހުޅުވެނީ ނުބައި ދޮރެއް. އެހެންކަމުން މިފަދަ ކަންކަން ނުކުރުމަށް އީދު ބަންދަށް ފަހު ހުރިހާ ކައުންސިލްތަކަށް އަންގައި ތަކުރާރު ނުވާގޮތަށް އަމަލު ކުރުމަށް އިސްލާމިކް މިނިސްޓްރީން އަންގާނަން.
-މިނިސްޓާ ޑރ.ޒާހިރު

މީގެއިތުރުން މިނިސްޓަރު ވިދާޅުވީ، ކޯސްތަކުގައި އިމާމްކަމުގެ ތަމްރީނު ހޯދާ ދަރިވަރުންނަށް އެކަން ކުރުމަށް އެންމެ އެދެވޭ އަދި އެކަށީގެންވާ ގޮތަކީ އެކަމެއް ކުރުމަށް އެކަށީގެންވާ ހޯލެއްގައި ނުވަތަ ކްލާހެއްގައި ފަރިތަކުރުން ކަމަށެވެ. 

އަދި މިސްކިތުގައި އިމާމްވެ ޖަމާއަތުގައި ނަމާދު ކުރުމަކީ އިސްލާމިކް މިނިސްޓްރީގެ ދަށުން ދެވޭ ހާއްސަ ހުއްދައެއްގެ އިތުރުން އެކަމުގެ ސަނަދެއް ލިބިގެންވާ މީހުންނަށް އެކަނި ކުރުން އެކަށީގެންވާކަމެއް ކަމަށާއި، އެއިން އެއްވެސް ހުއްދައެއް ނެތި އެކަން ކުރުމަކީ މަނާކަމެއް ކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ.

83%
ކަމުގޮސްފި
17%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް