ads
ޗައިނާގެ ފޮރިން މިނިސްޓަރު ވެން ޔީ އަދި ތާލިބާނުގެ ކޯ-ފައުންޑާ މުއްލާ އަބްދުލް ގަނީ
ޗައިނާ އިސް އޮފިޝަލުންތަކެއް ތާލިބާނުންނާއި ބައްދަލުކޮށްފި
އެމެރިކާގެ އަސްކަރީ ސިފައިން އަފްގާނިސްތާނުން ފައިބަމުންދާ ދަނޑިވަޅެއްގައި ތާލިބާނުން ޗައިނާގެ އޮފިޝަލުންނާއި ބައްދަލުކޮށްފި އެވެ.

 ޗައިނާގެ ޓިއަންޔިން ސިޓީގައި އޮތް މި ބައްދަލުވުމުގައި ޗައިނާގެ ފޮރިން މިނިސްޓަރު ވަނީ ތާލިބާނުންގެ ވަފްދާއި ބައްދަލުކޮށްފައެވެ. 

ބުދަދުވަހު ފޮރިން މިނިސްޓަރު ވެން ޔި ވަނީ ތާލިބާނުންގެ ނުވަ މަންދޫބުންނާއި ބައްދަލުކުރި ކަމަށް ވިދާޅުވެފައެވެ. އޭގެ ތެރޭގައި ތާލިބާނުގެ ކޯ-ފައުންޑާ މުއްލާ އަބްދުލް ގަނީ ބަރަދަރު ހިމެެނެއެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އަފްގާނިސްތާނުގައި ސުލްހަ ގާއިމްކޮށް އާރާސްތު ކުރުމުގައި ތާލިބާނުންނަށް މުހިއްމު ރޯލެއް އަދާކުރެވޭނެ ކަމަށް ދެކޭ ކަމަށެވެ. 

އަދި އީސްޓް ޓާކެމެނިސްތާން އިސްލާމިކް މޫވްމަންޓާއި ދެކޮޅަށް ތާލިބާނުން ތެދުވާނެ ކަމަށް އުންމީދުކުރާކަމަށް ވެސް ޗައިނާއިން ބުނެފައިވެއެވެ. ޗައިނާއިން ދެކެނީ އީސްޓް ޓާކެމެނިސްތާން އިސްލާމިކް މޫވްމަންޓަކީ ޗައިނާ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައެވެ. 

ތާލިބާނުން ޗައިނާގެ އޮފިޝަލުންނާއި ބައްދަލުކޮށްފައި މިވަނީ، އަފްގާނިސްތާނުގެ ބޮޑު ސަރަހައްދެއް އެގައުމުގެ ސަރުކާރުގެ އަތުން އެ ޖަމާއަތުގެ އަތްދަށަށް ގެނެސްފައިވާ ދަނޑިވަޅެއްގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް