ads
ޑރ. މުހައްމަދު މުއިއްޒު
މާލެސިޓީ ކައުންސިލުން މަޖައްލާއެއް ނެރެނީ
މާލޭ ސިޓީ ކައުންސިލްގެ އިދާރާ އިން "އަތަމަނަ" ނަމުގައި ހަފުތާއަކު އެއްފަހަރު ޚަބަރު ސިޓީ އަދި މަޖައްލާއެއް ނެރުމަށް ނިންމައިފިއެވެ.

މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން މިރޭ ވަނީ ގެޒެޓް ކޮށްފައެވެ.

އިއުލާނުގައި ވާގޮތުން މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން އަގުހުށަހެޅުއްވުމަށް  މާލޭ ސިޓީ ކައުންސިލް އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން ދެއްވުން އެދިފައިވއެވެ.

 އަގު ހުށަހަޅަން ޖެހެނީ އޮގަސްތް މަހުގެ 11ވާ ބުދަދުވަހުގެ 11:00 އަށެވެ.

މަތީގައިވާ ގަޑިޖެހުމުގެ ފަހުން ބިޑް ހުށަހަޅަން ހާޒިރުވާ ފަރާތްތަކުގެ ބިޑް ބަލައި ނުގަނެވޭނެ ކަމަށްވެސް އެކައުންސިލުގެ އިއުލާނުގައި ވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް