ads
ވެކްސިން----
ވެކްސިން އެޕޮއިންޓްމެންޓަށް ހުޅުވާލައިފި
ކޮވިޑް-19 އަށް ، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ކުންފުނިން އުފައްދާފައިވާ ސިންގަޕޫރު ވެކްސިން ޖަހަން ބޭނުންވާ ފަރާތްތަކަށް އެޕޮއިންޓްމެންޓް ހެއްދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ

އެސްޓްރާޒެނެކާ ވެކްސިން ޖެހުމުގެ މަސައްކަތް މީގެ ތިން ދުވަސް ކުރިން އަތޮޅުތަކުގެ ތެރޭގައި ވަނީ ފަށާފަ އެވެ. މާލޭގައި އަންނަ ހޮނިހިރު ދުވަހުގައި ވެކްސިން ޖަހަން ފަށާނެ އެވެ.

ކޮވިޝީލްޑް ވެކްސިން ޖަހައިގެން ތިބި ފަރާތްތަކަށް، އެސްޓްރާޒެނެކާ ވެކްސިން ދެވަނަ ޑޯޒް އެއް ގޮތުގައި ޖެހިދާ އެވެ. އަދި އެއްވެސް ވެކްސިނެއް ނުޖަހާ ތިބި ފަރާތްތަކަށް ވެސް އެސްޓްރާޒެނަކާ ވެކްސިން ޖެހުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ.

ވެކްސިން ޖަހަން ބޭނުންވާ މީހުން މެދުވެރިކޮށް އެޕޮއިންޓްމެންޓް އެޕޮއިންޓްމެންތް ހެދުމަށް އެޗްޕީއޭއިން އެދިފައިވއެވެ.އެޗްޕީއޭގެ ޕޯޓަލްގައި އެ މީހެއްގެ މައުލޫމާތު ފުރިހަމަކުރުމަށް ފަހު، ވެކްސިން ޖަހަން ދާން ބޭނުންވާ ގަޑި އާއި ތާރީހު އިހުތިޔާރު ކުރުމުން، އެ މީހަކަށް އެޕޮއިންޓްމެންޓް ހަމަޖެހުނު ކަމުގެ މެސެޖެއް ލިބޭނެ އެވެ. ޕޯޓަލް މެދުވެރިކޮށް މިގޮތަށް އެޕޮއިންމެންޓް ހެއްދުމުގައި އުނދަގޫތަކެއް އުޅޭ ނަމަ އެޗްޕީއޭގެ 1676 އަށް ގުޅުމުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.

މާލޭގައި އެކްސްޓްރާޒެނެކާ ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށްދާނީ ހަ ސެންޓަރެއްގަ އެވެ. އެއީ ސޯޝަލް ސެންޓަރު، އާޓް ގެލަރީ، އިސްލާމީ މަރުކަޒު، ވިލިމާލެ ޔޫތް ސެންޓަރު، ދަމަނަވެށި އަދި ހުޅުމާލޭ ހޮސްޕިޓަލެވެ.

ފަސް ސެންޓަރެއްގައި ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށްދާނީ ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހާނީ ހެނދުނު 9:00 އިން ހަވީރު 5:00 އަށެވެ.

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށް ދާއިރު މިހާތަނަށް 2562،128 ވުރެ ގިނަ މީހުން ދެވަނަ ޑޯޒް ޖަހާ ވެކްސިން ފުރިހަމަ ކޮށްފަ އެވެ. ރާއްޖޭގެ އާބާދީގެ ގިނަ ބަޔަކު ޖަހާފައިވަނީ ކޮވިޝީލްޑް ވެކްސިނެވެ. އެ ވެކްސިން ލިބުމުގައި ދަތިތަކެއް ކުރިމަތިވެ މެދުކެނޑުމަކަށް ފަހު މިހާރު އަލުން ވަނީ ކޮވިޝީލްޑް ޖަހަން ފަށާފަ އެވެ.

މިހިނގާ އޮގަސްތް މަހުގެ ނިޔަލަށްރާއްޖޭގެ 90 އިންސައްތަ މީހުނަށް ވެކްސިން ޖެހުމަށްވަނީ އަމާޒު ހިފާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް