ads
އެސްޓީއޯ
އެސްޓީއޯގެ ވޭތުވި ތިންމަހުގެ ފައިދާއަށް 383 މިލިއަން ރުފިޔާ ލިބިއްޖެ
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓިއޯ)ގެ ވޭތުވި ތިން މަސްދުވަހުގެ އާމަދަނީއަށް 383 މިލިޔަން ރުފިޔާ ލިބިއްޖެކަމަށް އެސްޓީއޯ އިން ބުނެފިއެވެ. މިއާއެކު ކުންފުނީގެެ ޖުމްލަ އާމްދަނީ ވަނީ އޭގެ ކުރީ ކުއާޓަރާއި އަޅާބަލާ ތިން އިންސައްތަ އިތުރުވެފައެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި ނިމިދިޔަ ކުއާޓަރުގެ ކުންފުނީގެ ޖުމްލަ އާމްދަނީ އަކީ 2.2 ބިލިއަން ރުފިޔާއެވެ. ކޮވިޑް -19 ގެ ހާލަތު ގޯސްވެ މޭ މަހުން ފެށިގެން ސަރުކާރުން ކޮވިޑް ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކާއި ގުޅިގެން ކުންފުނީގެ ބައެއް ވިޔަފާރިތަކަށް އަސަރުކޮށްފައިވީނަމަވެސް އެކުންފުނިން ކުރަމުންދާ މައިގަނޑު ވިޔަފާރިތައް ރަނގަޅު ކުރެވި އެވިޔަފާރީތަކުގެ އާމްދަނީ ވަނީ އިތުރުކުރެވިފައެވެ. 

އެސްޓީއޯއިން ބުނީ މިދަޔަ އަހަރު ތެލުގެ ވިޔަފާރީއަށް އައިސްފައިވާ ހީނަރުކަމުން އަރައިގަނެވި 2021 ވަނައަހަރުގެ ފުރަތަމަ ކުއާޓަރުގައި ތެޔޮ ވިއްކުނު އަދަދު އިތުރު ކުރެވި މިކުއާޓަރުގައި ވެސް ވަނީ މިދިޔަ ކުއާޓަރާއި ގާތްގަނޑަކަށް އެއްވަރެއްގައި ހިފެހެއްޓިފައި ކަމަށެވެ. 

އާމްދަނީ އިތުރުވުމާއިއެކު ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 383 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ ކުއާޓަރާއި އަޅާބަލާއިރު 4 އިންސައްތައިގެ އިތުރުވުމެކެވެ. ހިންގުމުގެ ހަރަދު ކެނޑުމަށްފަހު އަދި ޓެކްސްއަށް ކެނޑުމުގެ ކުރިން، އެސްޓީއޯގެ 2021 ވަނަ އަހަރު ގެ ދެވަނަ ކުއާޓަރގެ ފައިދާއަކީ 133 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓަރއާއި އަޅާބަލާއިރު 2 އިންސައްތައިގެ އިތުރުވުމެކެވެ. 

އެސްޓީއޯއިން ބުނާ ގޮތުގައި މީގެ މައިގަނޑު ސަބަބަކީ، ޖުމްލަ ފައިދާ އިތުރުކުރެވުމާއިއެކު ފައިނޭންސް ކުރުމުގެ ހަރަދު ކުޑަކުރެވިފައިވުމެވެ. ޓެކްސްއަށް ކެނޑުމަށްފަހު މިކުއާޓާރގެ ސާފު ފައިދާއަކީ 110 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓާރއާއި އަޅާބަލާއިރު އެކެއް އިންސައްތައިގެ ކުރިއެރުމެކެވެ. 

އެސްޓީއޯއިން ވަނީ ސިއްހީ ދާއިރާއަށް ބޭނުންވާ ބޭސް، މެޑިކަލް ކޮންސިއުމަބަލްއާއި އިކުއިޕްމަންޓްސް ވަނީ މެދު ނުކެނުނޑި ފޯރުކޮށްދީފައެވެ.ެ

އެސްޓީއޯގެ 2021 ވަނަ އަހަރުގެ ދެވަނަ ކުއާޓަރގެ ހިސާބުތައް ވަނީ 29 ޖުލައި 2021 ވަނަ ދުވަހު އެސްޓީއޯ ވެބްސައިޓްގައި ޢާއްމުކުރެވިފައެވެ.

މިފުރުޞަތުގައި އެސްޓީއޯގެ ވިޔަފާރީގެ އެންމެހާ ބައިވެރިން އެސްޓީއޯގެ ކަންކަމާމެދު ބަހައްޓަވާ ގާތްކަމާއި ދެއްވާ އެހީތެރިކަމާއި އެ އްބާރުލުމަށް، ނިހާޔަތައް ޝުކުރު ދަންނަވާ ކަމަށްވެސް އެސްޓީއޯއިން ފާހަގަ ކޮށްފައިވއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް