ads
ރައީސް ނަޝީދަށް އަމާޒުކޮށް ގޮށްވާލި ސައިކަލު
ބޮން "ހަރުކުރި"ހައިޝަމަށް ދައުވާކޮށް ދިނުމަށް އެދި ފޮނުވައިފި
މޭ 6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އާމާޒުކޮށްދިން ދިން ބޮމުގެ ހަމަލާގައި ގޮއްވާލި ބޮން ސައިކަލުގައި ހަރުކުރިކަމަށް ބުނާ މީހާގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުން ޕްރޮސިކިއުޓަ ޖެނެރަލް، (ޕީޖީ) އޮފީހަށް ފޮނުވާފައިވާކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅު ވެއްޖެއެވެ.

ޕީޖީ ޝަމީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މައްސަލައިގައި ހިމެނޭ އިތުރު މީހަކަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ފޮނުވާފައިވާ ކަމަށެވެ. 

ސީއެންއެމްއަށް އެނގިފައިވާގޮތުގައި ފުލުހުން ދައުވާކޮށް ދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައިވަނީ ރައީސް ނަޝީދަށް ހަމަލަދިނުމަށް ގޮއްވާލި ބޮން ސައިކަލުގައި ހަރުކުރިކަމަށް ބުނާ އަލީ ހައިޝަމްގެ މައްޗަށެވެ.

މިމައްސަލައާ ގުޅިގެން ދައުވާކޮށްފައިވާ މީހާއަށް ދައުވާ ކުރުމާ މެދު އަންނަ ހަފްތާގައި ވަކި ގޮތެއް ނިންމޭނެ ކަމަށާއި، މިމައްސަލަގައި އެކި ފައިނަލް ފޮރެންސިކް ރިޕޯޓުތައް ލިބެންދެން މަޑުކޮށްގެން ތިބި ކަމަށް ޝަމީމް ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވަނީ މީގެ ކުރިންވެސް ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން ހަތަރު މީހަކަށް ދައުވާ ކޮށްދިނުމަށް އެދިފައެވެ. ދައުވާކުރުމަށް އެދި ޕީޖީއަށް ފޮނުވާފައިވާ މީހުންނަކީ ހަތަރު މީހުންނަކީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު (25 އ) އާއި މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ)ގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހް (23 އ) އެވެ.

ހަމަލާގައި އެންމެ އިސްދައުރެއް އަދާކޮށްފައިވާ މީހަކަށް ފުލުހުން ތުހުމަތު ކޮށްފައިވަނީ މުހައްމަދު ތަސްލީމްއާއި އިސްހާޤް އާއި އަލީ ހައިޝަމް އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް