ads
ލޮކްޑައުން ކުރުމާ ދެކޮޅަށް މުޒާހަރާ ކުރަނީ-- ފޮޓޯ: މޮސްކޯ ޓަައިމްސް
ލޮކްޑައުން އާއި ދެކޮޅަށް މުޒާހަރާ ކުރި 10 މީހަކު ޖަލަށް
ރަޝިޔާގައި ލޮކްޑައުން އާއި ދެކޮޅަށް މުޒާހަރާ ކުރި 10 މީހަކު ޖަލަށް ލައިފިއެވެ.

ރަޝިޔާގެ ދަ ކޮމާސެންޓް ބިޒްނަސް ޑެއިލީއިން ރިޕޯޓްކުރާ ގޮތުގައި ލޮކްޑައުން އާއި ދެކޮޅަށް މުޒާހަރާކުރި 10 މީހަކު ހަ އަހަރާއި ހަ މަސް ވަންދެން ޖަލަށް ލާން ހުކުމްކޮށްފައިވަނީ ދެކުނު ރަޝިޔާގެ ކޯޓަކުންނެވެ. 

ނިމިދިޔަ 2020 ވަނަ އަހަރުގެ އެޕްރިލް މަހުގެ 20 ވަނަ ދުވަހު ރަޝިޔާގެ ވްލެޑިކަވްކަޒް ސިޓީގެ 2،000 އަށް ވުރެ ގިނަ މީހުން ވަނީ ލޮކްޑައުން އާއި ދެކޮޅަށް މުޒާހަރާކޮށްފައެވެ. އަދި އަމިއްލަ އަށް އައިސޮލޭޓްވުމަަށް އަންގާފައިވާ އެންގުންތައް ބާތިލް ކުރުމަށް އެމީހުން ގޮވާލައިފައިވެއެވެ. އޭގެ އިތުރުން ވަޒީފާ ގެއްލުނު މީހުންނަށް ބަދަލު ދިނުމާއި އެ ސަރަހައްދުގެ ސަރުކާރު އިސްތިއުފާ ދިނުމަށް މުޒާހަރާގެ ބައިވެރިންވަނީ ގޮވާލާފައެވެ. 

ހުއްދައަކާއި ނުލާ ކުރިއަށް ދިޔަ މުޒާހަރާގައި ސަލާމަތީ ހިދުމަތްތަކާއި މުޒާހަރާގެ ބައިވެރިންގެ މެދުގައި ހިނގި ކުރިމަތިލުންތަކުގައި 17 ފުލުހަކަށް ވަނީ އަނިޔާވެފައެވެ. 

ހޯމަ ދުވަހު ކޮމާސެންޓް ބިޒްނަސް ޑެއިލީއިން ރިޕޯޓްކުރި ގޮތުގައި ރޮސްޓޮވް-އޮން-ޑޮން ސިޓީ ކޯޓުން ވަނީ އެތަނުން ފަސް މީހެއްގެ މައްޗަށް އެ މުޒާހަރާގައި ބައިވެރިވިކަމުގެ ކުށް ސާބިތުވާ ކަމަށް ހުކުމްކޮށްފައެވެ. އަދި އިތުރު ފަސް މީހެއް ހަތަރު އަހަރާއި ހަ މަހަށް ޖަލަށް ލާން ހުކުމް ކުރިއެވެ. މި މިމައްސަލާގައި އެންމެ ދިގު ހުކުމެއް އައީ ސަލަމަތީ ހިދުމަތްތަކުގެ އޮފިސަރަކަށް ހަމަލާދިން ކަމަށް ސާބިތުވި މީހާއަށެވެ. އޭނާ ފަސް އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައިވެއެވެ. 

މި މީހުންގެ ޝަރީއަތް ކުރިއަށް ދިޔައީ އެމީހުން ދިރިއުޅޭ އަވަށާއި 700 ކިލޯމީޓަރު ދުރުގައި އޮންނަ ސިޓީއެއްގެ ކޯޓުގައެވެ. އެއީ މުޒާހަރާ ކުރި މީހުން ފަނޑިޔާރުންނަށް ނުފޫޒް ފޯރުވާފާނެތީއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް