ads
ދުވާފަރު ސިއްހީ މަރުކަޒު ކައިރީ ފުލުހުން ހަރަކާތްތެރި ވަނީ
ދުވާފަރުގައި ހުޜީ އެންމެ ޑޮކްޓަރެއް، މީހަކު މަރުވިއިރު ޑޮކްޓަރު ހުރީ ކަރަންޓީންގައި
ފަސް ހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ ރ. ދުވާފަރުގައި މުޅި ޖުމްލަ 525 މީހަކު މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވެވެފައިވެ އެވެ. އިއްޔެ އެކަނިވެސް ހަ މީހަކު ޕޮޒިޓިވްވިއިރު، މިވަގުތުވެސް ބަލިޖެހިފައިވާ 136 މީހުން އެ ރަށުގައި އެބަތިއްބެވެ. މިވަގުތު ކޮވިޑްގެ ކޭސްތައް ގިނަ މިރަށް މެއި މަހުގެ 25 ވަނަ ދުވަހުން ފެށިގެން އަދިވެސް އޮތީ މޮނިޓަރިންގައެވެ. ސިއްހީ މަރުކަޒުގައި ފަރުވާދޭން ހުންނަނީ އެންމެ ޑޮކްޓަރެކެވެ.

މިއަދު ހަވީރު 05:00 ޖަހާކަށްހާއިރު ނޭވާ ލާން އުނދަގޫވާތީ ހޮސްޕިޓަލަށް ގެންދެވުނު 52 އަަހަރުގެ އަންހެނަކު މަރުވީ ހޮސްޕިޓަލުގައި ފަރުވާދެވޭނެ ގޮތެއް ނެތި އެންމެ ކައިރި ކޮވިޑް ފެސިލިޓީއަށް ގެންދިޔުމަށް މަސައްކަތް ކުރަނިކޮށް އިރުއޮއްސި 19:53 ހާއިރުއެވެ.

ސީއެންއެމްއަށް އެ ރަށުން މައުލޫމާތު ދިން މީހަކު ބުނީ، އޮކްސިޖަން ދެވޭނެ ގޮތެއް ނެތި އޭދަފުށީ ކޮވިޑް ފެސިލިޓީއަށް ގެންދިޔުމަށް ސީ އެންބިއުލާންސެއް ގެނެސްދިނުމަށް ހަވީރު 05:00 ޖަހާކަށްހާއިރު ހޮސްޕިޓަލަށް ގެންދިޔައީންސުރެ އާއިލާގެ ފަރާތުން ދިޔައީ އެދެމުން ކަމަށެވެ. ނަމަވެސް 52 އަހަރުގެ އެ އަންހެންމީހާގެ ފުރާނަ ދިޔައީ، "މިއަންނަނީ، މިއަންނަނީ" ކަމަށް ބުނަމުން ދަނިކޮށެވެ. 

ސިއްހީ މަރުކަޒުގެ ސީދާ އިހުމާލުން ފުރާނައެއް ނެތި ދިޔައީ ކަމަށް ބުނެ ގިނަ އަދަދެއްގެ ބަަޔަކު ސިއްހީ މަރުކަޒު ދޮށަށް އެއްވެ ދަނީ މުޒާހަރާ ކުރަމުންނެވެ. ހޮސްޕިޓަލުގެ ތަކެއްޗަށްވެސް ވަނީ ގެއްލުން ލިބިފައެެވެ. ނަމަވެސް އެމްބިއުލާންސެއް އައުން ލަސްވެ ކޮވިޑްގައި މީހެއްގެ ފުރާނަ ނެތިދިޔަ މިއީ ދެވަނަ ފަހަރެވެ. 

ސީއެންއެމްއަށް އެރަށުން ވާހަކަދެއްކި މީހަކު ބުނީ އެވަގުތު ސިއްހީ މަރުކަޒުގައި ޑޮކްޓަރެއް ނެތް ކަމަށާއި އޭނާ ހުރީ ކަރަންޓީނުގައި ކަމަށެވެ. އަދި މަރުކަޒުގައި އެވަގުތު ހުރީ އެންމެ ނަރުހެއް ކަމަށް އެމީހާ ބުނެއެވެ. 

ރަށްރަށުގެ ސިއްހީ ހާލަތު ދެރަކަމުން މިފަދަ ކޮވިޑްގެ ނުރައްކާތެރި ހާލަތެއްގައި މީހެއްގެ ފުރާނަ ނެތިދިއުން ބަލައިނުގަނެޥޭނެއެވެ. ކްރިޓިކަލް ހާލަތުގައި ހޮސްޕިޓަލަށް ގެންނަ މީހަކަށް ފަރުވާދޭނެ ޑޮކްޓަރެއް ނެތުމަކީވެސް އިހުމާލެކެވެ. 5000 މީހުންގެ އާބާދީއަކަށް އެންމެ ޑޮކްޓަރަކު ހުރުުން ނުވަތަ އެންމެ ނަރުހަކު ހުރުން މިއީވެސް ކަންބޮޑުވުމެކެވެ. 

އެމްބިއުލާންސްގެ ދަތިކަމާއި ނަރުހުންނާއި ޑޮކްޓަރުންގެ ދަތިކަން ހުރި ކަމުގެ ޝަކުވާކުރާ އެތައް ކައުންސިލްތަކެއް އެބައޮތެވެ. އެމްބިއުލާންސެއް ނެތިގެން ޕިކަޕް ފަދަ ތަކެތީގައި ބަލިމީހުން އުފުލާ ރަށްރަށް ވެސް އެބަހުއްޓެވެ. 

14%
ކަމުގޮސްފި
5%
އަޑުއެހިތާ މިހުރީ
19%
ސަތޭކައަކުން ސުމެއް
62%
ވަރަށް ސަލާމް
ކޮމެންޓްސް