ads
ޝަހުސު އޮޅުވާލައިގެން ދަތުރު ކުރި މީހާ-
ކޮވިޑް ޖެހުމުން އަނބިމީހާ ކަމަށް ހެދިލައިގެން ފިރިހެނަކު ފްލައިޓަށް އަރައިފި
އިންޑޮނޭޝިޔާގައި ކޮވިޑް ޖެހުނު މީހަކު އޭނާގެ އަނބިމީހާހެން ހެދުނު އަޅައިގެން ފްލައިޓަށް އަރައިފި އެވެ.

އިންޑޮނޭޝިޔާގެ ޑޮމެސްޓިކް އެއާލައިނެއްގައި ދަތުރުކުރި މި މީހާ އޮޅުވާލައިގެން ފްލައިޓަށް އަރާފައިވާކަން އެނގުނު އިރު ފްލަޓުދިޔައީ ވައިގެތެރޭގައި ދަތުރުކުރަމުންނެވެ. 

އެމީހާ ފްލައިޓަށް އަރާފައިވަނީ މުޅިން ނިވާވާނެހެން މޫނުބުރުގާ އަޅައިގެންނެވެ. އަދި ދަތުރު ކުރުމަށް އޭނާ ބޭނުންކުރީ އޭނާގެ އަންހެނުންގެ ޕާސްޕޯޓާއި އަންހެނުން ހަދައިފައިވާ ޕީސީއާރު ނެގެޓިވް ޓެސްޓެއްގެ ނަތީޖާ ރިޕޯޓެކެވެ.

ނަމަވެސް ދަތުރު މެދުތެރެއިން އޭނާ ވަނީ ލައިގެން ހުރި އަންނައުނު ބަދަލުކޮށްފައެވެ. ލައިގެން ހުރި އެއްޗިސް ބަދަލުކުރި ހިސާބުން ފްލައިޓް އެޓެންޑެންޓަށް ވަނީ އޭނާ ޝަހުސު އޮޅުވާލިކަން ފަޅާއަރާފައެވެ. އަދި ވަގުތުން ކަމާ ގުޅުންހުރި އިދާރާތަކުގެ ސަމާލުކަމަށް އެކަން ގެނައެވެ. 

އިންޑޮނޭޝިޔާގެ ފުލުހުން ބުނީ ފްލައިޓް ލޭންޑް ކުރުމާއެކު އޭނާ ހައްޔަރުކޮށް ކޮވިޑް-19 އަށް ޓެސްޓު ކުރެވުނު ކަމަށެވެ. އަދި އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވުމުން ގެއަށް ހޯމް އައިސޮލޭޓްވުމަށް ފޮނުވާލެވިފައިވާކަމަށް ފުލުހުން ބުނެއެވެ. 

އޭގެ އިތުރުން ފުލުހުން ބުނީ ހޯމް އައިސޮލޭޝަން ނިމުމާއެކު އޭނާގެ މައްޗަށް ދައުވާކުރުމުގެ ކަންކަން ކުރިއަށް ދާނެ ކަމަށެވެ. 

މި ހާދިސާ ހިނގާފައި މިވަނީ އޭޝިޔާގައި ކޮވިޑްގެ ހާލަތު އެންމެ ނުރައްކާތެރި ފައްތަރެއްގައި އޮތް އިންޑޮނޭޝިޔާގައި ބަލި ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައިވަނިކޮށެވެ. 

ނިމިދިޔަ ހަފްތާގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ކޮވިޑްގައި އެގައުމުން މަރުވާ މީހުންގެ އަދަދު އުޅުނީ 1،500 އިން މަތީގައެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް