ads
ޝިލްޕާއާއި ރަވީނާ
ސުޕާ ޑާންސް ޖަޖަކަށް ޝިލްޕާގެ މަގާމަކަށް ނުދެވޭނެ: ރަވީނާ
އިންޑިޔާގައި ފޯރީގައި ހިންގާ ސުޕާ ޑާންސް ޕްރޮގްރާމަކީ ޝިލްޕާއާއި ގީތާ ކަޕޫރުގެ އިތުރުން އަނުރާގް ބާސޫ ޖަޖަކަށް ހުރެ ކުރިއަށް ގެންދާ ކާމިޔާބު ޝޯއެކެވެ.

އެހެންނަމަވެސް ޝިލްޕާގެ ފިރިމީހާގެ މައްޗަށް، ބަރަހަނާ ފޮޓޯ އާއި ވީޑިއޯތަކެއްގެ މައްސަލައިގައި ތުހުމަތުކޮށް އޭނާ ހައްޔަރުކޮށްފައިވާއިރު، މިމައްސަލައާއި ގުޅިގެން ޝިލްޕާ ވަނީ އެޝޯގެ ޖަޖަކަށް އައުން ހުއްޓާލާފައެވެ.

އަދި މިކަމާއި ގުޅިގެން ބެލުންތެރިން ދަނީ މުޅި ސީޒަން ނިމެންދެންވެސް ޝިލްޕާ ޝޯއަށް ނާންނާނެތޯ ސުވާލު އުފައްދަމުންނެވެ.

މިސަބަބާއި ހުރެ ސުޕާ ޑާންސްގެ ޕްރޮޑިއުސަރުން ވަނީ ރަވީނާ ޓެންޑޯން އަށް ޖަޖަކަށް ވުމަށް އެދިފައެވެ. އެހެންނަމަވެސް ޝިލްޕާގެ ބަދަލުގައި ރަވީނާއެއް ނާރާނެކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި ސުޕާ ޑާންސް ޝޯއަކީ ސީދާ ޝިލްޕާގެ ޝޯއެއް ކަމަށާއި، އޭނާގެ ބަދަލުގައި އެއްވެސް މީހަކު އެރުމަކީ ރަވީނާ އެދޭ ކަމެއް ނޫންކަމަށް އޭނާ ބުނެއެވެ.

ބަރަހަނާ ފޮޓޯ އާއި ވީޑިއޯތަކެއް ހެދުމުގެ މައްސަލައާ ގުޅިގެން ޝިލްޕާއަށް އާންމުންގެ ފާޑުކިޔުންތައް އަމާޒުވާއިރު، އޭނާ މިކަމުގައި ޝާމިލުވާކަމުގެ އެއްވެސް ހެއްކެއް ނެތްކަމަށާއި އަނެއްކާވެސް ޝިލްޕާ އާ ސުވާލު ކުރެވިދާނެކަމަށް އިންޑިޔާގެ ފުލުހުން ވަނީ ބުނެފައެވެ.

44%
ކަމުގޮސްފި
11%
އަޑުއެހިތާ މިހުރީ
22%
ސަތޭކައަކުން ސުމެއް
22%
ވަރަށް ސަލާމް
ކޮމެންޓްސް