ads
މިނިސްޓަރު އައިމިނަތު ޝައުނާ--
އިންޓަނެޓަށް ގެނެސްދިން ބަދަލާމެދު ޝަކުވާ ހުށަހަޅަން ހާއްސަ ނަންބަރެއް
"ނެޓްހެޔޮ" ގެ ނަމުގައި ސަރުކާރުން އިންޓަނެޓަށް ގެނެސްދިން ބަދަލާމެދު ޝަކުވާ ހުށަހަޅަން ހާއްސަ ނަންބަރެއް އެންވަޔަރަމެންޓް މިނިސްޓްރީން ތައާރަފްކޮށްފިއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީއިން މިއަދު ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ "ނެޓްހެޔޮ" ޕްރޮގްރާމުގެ ބޭނުމަކީ އިންޓަނެޓްގެ ހިދުމަތް ހުރިހާ ގޮތަކުން ވެސް ރަގަޅުކުރުން ކަމަށާއި، އެހެންކަމުން ސަރުކާރުން ގެނައި ބަދަލާ އެއްގޮތަކަށް އިންޓަނެޓްގެ ހިދުމަތް ނުލިބޭނަމަ ޝަކުވާ ހުށަހަޅަން ހާއްސަ ނަންބަރެއް މިހާރު ވަނީ އާންމުކޮށްފައިކަމަށެވެ.

އިންޓަނެޓާ މެދު ޝަކުވާ ހުށަހަޅަނީ "1515" އަށް ގުޅައްވައިގެންނެވެ. އަދި މި ނަންބަރަށް ގުޅުއްވައިގެން އެކަން މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމަށް މިނިސްޓްރީއިން މިއަދު ވަނީ އެދިފަ އެވެ. މީގެއިތުރުން "ނެޓްހެޔޮ" ގެ ނަމުގައި ސަރުކާރުން ގެނެސްދިން ބަދަލާއެކު ގޭގެއަށްދޭ ބްރޯޑްބޭންޑް އިންޓަނެޓުގެ ހެޔޮއަގު ލިބެން ފަށާފައި ވަނީ މި މަހުން ފެށިގެންނެވެ. އަދި މޮބައިލް އިންޓަނެޓަށް އައި ބަދަލު އެޕްލައި ވާނީ އަންނަ އޮގަސްޓް މަހުން ފެށިގެންނެވެ.

އަގަށް ގެނައި ބަދަލާއެކު އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ގައުމީ ބްރޯޑްބޭންޑް އިންޓަނެޓު ސްޕީޑެއް ކަނޑައެޅުމެވެ. މި މަހުން ފެށިގެން ދެ އެމްބީޕީއެސް އަށް ވުރެ ސްޕީޑް ދަށްކޮށް ޕެކޭޖެއް ނުވިއްކޭނެއެވެ. އަދި އިންޓަނެޓު ހުސްވުމަށްފަހު ދެން ލިބޭ ތްރޮޓޮލް ސްޕީޑް ދެ އެމްބީޕީއެސްއެވެ. މީގެ އިތުރުން 300ރ. އަށްވުރެ މަތިން ވިއްކާ ހުރިހާ އިންޓަނެޓު ޕެކޭޖުތަކެއްގައި ތްރޮޓޮލް ސްޕީޑް ދަށްކުރެވޭނީ ފަސް އެމްބީޕީއެސްއަަށެވެ. މި ބަދަލާއެކު އިންޓަނެޓު ޕެކޭޖު ހުސްވުމުން ދެން ލިބޭ ޕްރީޕެއިޑް ދެ ގުނަ އާއި ފަސް ގުނަ އަށް މަތިވެގެން ދާނެއެވެ. އަދި ގޭގެ އަށް ދޭ ބްރޯޑްބޭންޑް ޕެކޭޖުތަކުގެ އަގުން 30 ޕަސެންޓުގެ ހެޔޮކަމެއް އަންނާނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް